ހަބަރު

ރޭ ޒަހަމްވި ދެވަނަ ޒުވާނާގެ ހާލު ރަނގަޅު

Sep 24, 2017

ރޭ ހިންގި ގްރޫޕް މާރާމާރީގައި ޒަހަމްކޮށްލި ދެވަނަ ޒުވާނާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފި އެވެ.

ވަޅި ޖަހައި ޒަހަމްކޮށްލި އެ ޒުވާނާގެ އޮޕަރޭޝަނެއް އައިޖީއެމްއެޗްގައި ކޮށްފައިވާއިރު އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. އެއީ 24 އަހަރުގެ ޒުވާނެކެވެ.

މާފަންނު ދުނބުރި މިސްކިތް ހުންނަ ސަރަހައްދުގައި ރޭ 11:30 އެހާކަންހާއިރު ހިންގި މާރާމާރީގައި އަނިޔާވި 19 އަހަރުގެ ޒުވާނާ ރޭ އައިޖީއެމްއެޗްއަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ ގެއެއް ބަލާ ފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފަ އެވެ.

ރޭ އަނެއްކާ ވެސް މާލޭގައި މާރާމާރީއެއް ހިންގައި މީހަކު މަރާލާފައި މި ވަނީ ގޭންގް މާރާމާރީތައް ހުއްޓިފައި އޮންނަތާ ދުވަސްކޮޅަކަށް ފަހު އެވެ. މިދިޔަ ޖުލައި މަސް ތެރޭގައި ހިނގި ގްރޫޕް މާރާމާރީތަކުގައި ދެ މީހަކު މަރާލާފައިވެ އެވެ. އެ މައްސަލަތަކުގެ ތަހުގީގު ދަނީ ކުރިއަށެވެ. ރޭ ވެސް މާރާމާރީ ހިނގީ މާލޭގެ ނުފޫޒުގަދަ ދެ ގޭންގެއްގެ މެދުގައި ކަމަށްވެ އެވެ.