ހަބަރު

ޖަރުމަނުގެ ޗާންސެލަރު މާކެލް ހަތަރު ވަނަަ ދައުރަކަށް އިންތިހާބުވެއްޖެ

ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ހަތަރު ވަނަ ދައުރަކަށް އިންތިހާބު ވެއްޖެއެވެ.

ޗާންސެލާކަމުގެ މަގާނު މާކެލްއަށް ކާމިޔާބު ވިޔަސް ވެރިކަން ކުރާ ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަންގައި ހިމެނޭ ބައެއް ޕާޓީތަކަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވިއެވެ. އެއަށް ވުރެ ވެސް ބޮޑު ނުތަނަވަސްކަމެއް ސަރުކާރަށް ކުރިމަތިވީ ކަނާތު ފިޔައިގެ ހަރުކަށި ' އަލްޓަނޭޓިވް ފޯ ޖާމަނީ ( އޭއެފްޑީ) އަށް ޕާލަމެންޓްގެ ގޮނޑިތަކެއް ލިބުމުންނެވެ.

މާކެލްގެ ކޯލިޝަންގައި ހިމެނޭ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ ( އެސްޕީޑީ)އަށް ޕާލަމެންޓްގައި ލިބުނު ނާކާމިޔާބީއާ އެކު އެޕާޓީން އިއުލާންކޮށްފައި ވަނީ ދެން މަސައްކަތް ކުރާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށެވެ.

އޭއެފްޑީއަށް ޖަރުމަނުގެ ޕާލަމެންޓް ' ބުންޑެސްޓެގް' ގެ ގޮނޑިއެއް ކާމިޔާބުވިމިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް އެޕާޓީން މިފަހަރު ވަނީ ޕާލަމެންޓުގައި ތިންވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީއަށް ވެފައެވެ. އެޕާޓީން ހޯދި ކާމިޔާބީއާ އެކު ޕާޓީން ގެންގުޅޭ އިސްލާމުންނާ ދެކޮޅު ހަރުކަށި ވިސްނުމާ ދެކޮޅަށް ބަޔަނު ވަނީ މުޒާހަރާކުރަން ފަަށާފައެެވެ.

ވެރިރަށް ބާލިންފައިވާ އެޕާޓީގެ އޮފީސް ކައިރީ މުޒާހަރާ ކުރި މީހުން ގެންގުޅުނު ބައެއް ބޯޑުތަކުގައި ލިޔެފައި ވަނީ ' ރެފިއުޖީންނަށް މަރުހަބާ' މި އިބާރާތެވެ. އެއީ ހަނގުރާމަތައް ހިނގަމުންދާ ގައުމުތަކުން، ވަކިން ހާއްސަކޮށް އަރަބިގައުމުތަކުން އަންނަ ރެފިއުޖީންނަށް ޖަރުމަނުން ޖާގަދިނުމާ އެޕާޓީން ދެކޮޅު ހަދާތީ އެކަމާ ދެކޮޅު ހެދުމަށެވެ.

ވެރިކަން ކުރާ ކޯލިޝަނުގައި އޮތް ޕާޓީއަކަށް ނާކާމިޔާބީއާ ކުރިމަތިވެ، އިދިކޮޅަށް ބަދަލުވުމުން އާ ކޯލިޝަނެއް އެކުލަވައިލަން މާކެލްއަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެއެވެ.
ޖަރުމަނުގެ އިންތިހާބުގައި ވޯޓުލުމަށް ޝަރުތު ހަމަވާ 61.5 މިލިޔަން މީހުން އެބަ ތިއްބެވެ. އިންތިހާބުގައި ވާދަކުރީ 42 ޕާޓީއަކުންނެވެ. އެކަމަކު ޖަރުމަނު ޕާލަމެންޓަށް މެމްބަރުން އިންތިހާބުވީ އޭގެ ތެރެއިން އެންމެ ހަ ޕާޓީއަކުންނެ