ހަބަރު

ތައިލެންޑްގެ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރަން އާ ފުރުސަތެއް

ތައިލެންޑްގެ ވިޔަފާރިވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިންނާ ދެެމެދު ގުޅުން ބަދަހި ކުރުމަށް އަނެއްކާވެސް ފޯރަމެއްް ބާއްވަން އިކޮނޮމިކް މިނިސްޓްރީން ތައްޔާރުވެެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ މިމަހުގެ 28 ވަނަ ދުވަހު ތައިލެންޑްގެ 26 ވިޔަފާރިވެރިއަކު ހިމެނޭ ވަފުދެއް ރާއްޖެއަށް އަންނާނެ ކަމަށާއި އެ ވަފުދު އައުމުން މާލޭގެ ދަރުބާރުގޭގައި އޮންނަ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަށް ވެސް ހުޅުވާލާނެ ކަމަށެވެ.

"ފުޑް އެންޑް ބެވަރޭޖް އުފައްދާ ކުންފުނިތަކުގެ ބޭފުޅުން މިފަހަރުގެ މި ޑެލިގޭޝަންގައި އެބަ ބައިވެރިވަޑައިގަންނަވާ، ހަމަ އެގޮތަށް އޮޓޯ ޕާޓްސް އުފައްދާ ފަރާތްތަކުން މި ޑެލިގޭޝަންގައި އެބަ ބައިވެރިވަޑައިގަންނަވާ، ހާޑުވެއާ އުފައްދާ ސަޕްލަޔަރުން ވެސް،" ތައުފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތައިލެންޑާއި ރާއްޖޭގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ މިފަދަ ދެފޯރަމެއް މިއަހަރު ބާއްވާފައި ވާއިރު ތިން ވަނަ ފޯރަމް މި ބާއްވަނީ ނަތީޖާ ރަނގަޅުވުމުން ތައިލެންގެ ވިޔަފާރިވެރިން ވެސް އެކަމަށްއެދިގެން ކަމަށެވެ. އަދި ވިދާޅުވީ މި ފަހަރުގެ ފޯރަމް ބާއްވާ ދުވަސްވަރާ ދިމާ ވާނީ ތައިލެންޑްގެ ޓޫރިޒަމް މިނިސްޓަރު ވެސް ރާއްޖެއަށް ދަތުރުފުޅެއް ކުރައްްވާ ދުވަސްވަރަކާ ކަމަށެވެ.

"އެހެންވީމާ ވަރަށް ކާމިޔާބުކޮށް މީގެ ކުރިން ބޭއްވި ދެ ފޯރަމް ވެސް ކުރިއަށް މި ގެންދެވުނީ، " އޭނާ ވިދާޅުވިއެވެ.