ހަބަރު

ސްޓޫޑެންޓް ލޯންގެ ފޯމުތައް ބަލައިގަންނަން ފަށައިފި

Sep 25, 2017

މަތީ ތައުލީމު ހާސިލު ކުރުމާއި ތަމްރީނު ހޯދަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޭ ސްޓުޑަންޓް ލޯނަށް އެދޭ ފޯމުތައް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަނުން ބަލައިގަންނަން ފަށައިފި އެވެ.

ސަރުކާރުން މި އަހަރު ވަނީ 1000 ފަރާތަކަށް ސްޓުޑަންޓް ލޯން ދިނުމަށް ނިންމާ އެ ފުރުސަތު ހުޅުވާލާފަ އެވެ. ލޯނުގެ އެހީ ދެނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު ޑިޕްލޮމާ އިން ފެށިގެން މާސްޓާ ޑިގްރީ އަދި ލައިސަންސަށެވެ.

އެގޮތުން ހަޔާ އެޑިއުކޭޝަން އިން ވަނީ އިއްޔެއިން ފެށިގެން ސްޓުޑަންޓް ލޯނަށް އެދޭ ފޯމުތައް ބަލައިގަންނަން ފަށައިފަ އެވެ. ފޯމުތައް ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ބަންދުވާނެ އެވެ.

އަލަށް ކިޔެވުން ފަށާ ދަރިވަރުންގެ އިތުރުން މިދިޔަ މަހު 22 ވަނަ ދުވަހުން ފެށިގެން ކިޔެވުން ފަށާފައިވާ ކޮންމެ ދަރިވަރަށް ވެސް އެ ލޯނުގެ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ.