ހަބަރު

ކޫއްޑޫ އެއާޕޯޓާއި ހޮޓާ އިފްތިތާހު ކުރަން ރައީސް ވަޑައިގެންފި

Sep 25, 2017

ގއ. ކޫއްޑޫ އެއާޕޯޓާއި، މާކިއޯ ކޫއްޑޫ ހޮޓެލް ރަސްމީކޮށް އިފްތިތާހުކޮށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު ގއ. އަށް ފުރާ ވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ތިން ރަށަކަށް ވަަޑައިގަންނަވާނެ އެވެ. ރައީސްގެ މި ދަތުރުފުޅު ފެއްޓެވީ މިއަދު މެންދުރު ފަހު އެވެ.

ދަތުރުފުޅުގައި ރައީސް ފުރަތަމަ މަންޒިލެއްގެ ގޮތުން ކޫއްޑޫއަށް ވަޑައިގެން، ކޫއްޑޫ އެއާޕޯޓާއި، މާކިއޯ ކޫއްޑޫ ހޮޓެލް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވާނެ އެވެ. މި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ރައީސް މާދަމާ ހެނދުނު ކޮލަމާފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވާއިރު މާދަމާ ހަވީރު ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މިސްކިތް ހުޅުއްވައިދެއްވާ ރައްޔިތުންނާ ބައްދަލު ކުރައްވާނެ އެވެ.