ހަބަރު

ހުޅުމާލޭގެ ކުއްލި ދެ މަރާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި

Sep 29, 2017
7

ހުޅުމާލޭގައި ރޭ ކުއްލި ގޮތަކަށް ދެ ޒުވާނަކު މަރުވި ހާދިސާއަށް ފަހު، ޝައްކު ކުރެވޭ ގިނަ ކަންތައްތަކެއް ހުރުމުން ފުލުހުން ހަތަރު މީހަކު ހައްޔަރުކޮށް އެ ހާދިސާތަކުގެ ތަހުުގީގު ފަށައިފި އެވެ. އަދި ފުލުހުން އަންނަނީ އެ މައްސަލައާ ގުޅުން ހުރި ތަނެއް ކޯޓް އަމުރެއްގެ ދަށުން ބަލައި ފާސްކުރަމުން އެވެ.

ރޭ މަރުވެފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެނައި އުމުރުން 22 އަހަރުގެ ތ. ތިމަރަފުށި އަހުމަދު ހާމީން އެވެ. އަދި އޭގެ ފަހުން 18 އަހަރުގެ އަންހެން ކުއްޖަކު ވެސް ވަނީ ހުޅުމާލެ ޓްރެކް ސަރަހައްދު މޫދު ތެރޭގައި މަރުވެފައި އޮއްވާ ފެނިފަ އެވެ.

ފުލުހުން ބުނީ ރޭގެ މަރާ ގުޅިގެން ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ ހަތަރު މީހުން ތިބި ސަރަހައްދުން ޕާޓީ ޑްރަގްސް ފެނިފައިވާ ކަމަށެވެ. އަދި މަރުވި ދެ މީހުންގެ ހަށިގަނޑު ވެސް ތަހުލީލު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ފާސްކުރަމުން އަންނަ ތަނާ ގުޅޭ މައުލޫމާތެއް ފުލުހުން ނުދެ އެވެ.

މަރުވި ހާމީންއާ އެކު ޝޮކް ޖެހި ހާލު ދެރަވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެނައި 21 އަހަރުގެ ޒުވާނާ ވެސް ފަރުވާއަށް ފަހު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.