ހަބަރު

ބަނގުރާ ކައްކަން ތިބި ދެ ބިދޭސީއަކު ހައްޔަރު ކޮށްފި

ކޯޓް އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކޮށް ބަނގުރާ ކައްކަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އިއްޔެ ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ ބަނގުލަދޭޝް މީހަކާއި އިންޑިއާ މީހެއް ކަމަށެވެ. އަދި ވިދާޅުވީ އެގޭ ތެރެއިން ބަނގުރާ ކަމަށސް ޝައްކު ކުރެވޭ އެއްޗެހި 500 އެމްއެލް ގެ 53 ފުޅިއާ ފަސް އެމްއެލްގެ ހަތް ފުޅީގެ އިތުރުން ބަނގުރާ ކައްކަން ބޭނުން ކުރާ ތަކެތި ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ ދެމީހުން ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.