ހަބަރު

މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފި

މިރޭ މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ. މި މާރާމާރީގައި އަނިޔާވި މީހާ މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސް ކުއްލި ފަރުވާދެމުންނެވެ. ނަމަވެސް އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، މާފަރު ގެސްޓް ހައުސް ގޯޅި ތެރެއިން މާރާމާރީއެއް ހިންގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް މިވަގުތު ނެތް ކަމަށެވެ.