ބޮލީވުޑް

އާމިރު، ފާތިމާއަށް އަޅާލާތީ ކެޓްރީނާ ހިތްހަމަނުޖެހިފައިި

Oct 16, 2017
1

"ތަގްސް އޮފް ހިންދުސްތާން" އަކީ ސުޕަސްޓާ އާމިރް ޚާން އާއި ބަތަލާ ކެޓްރީނާ ކައިފް އެކުގައި ކުޅޭ ދެވަނަ ފިލްމެވެ. ފޭރޭ ބައެއްގެ ވާހަކަ ދައްކުވައިދޭ މި ފިލްމުގައި އާމިރް އާއި މެގަސްޓާ އަމީތާބް ބައްޗަނާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ކެޓްރީނާ އާއި "ޑަންގާލް" އިން ބޮލީވުޑަށް ނިކުތް ތަރި ފާތިމާ ސަނާ ޝައިހް އެވެ.

އަންނަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރާ މި ފިލްމުގައި ދެ ބަތަލާއިން ފެނިގެންދާކަން ހާމަކުރުމާއެކު ދެކެވެން ފެށި ވާހަކަ އަކީ އެ ދެތަރިންގެ ތެރެއިން އެންމެ ގިނަ ސްކްރީން ޓައިމް ލިބޭނީ ކާކަށް ތޯ އެވެ. ބަތަލާގެ ރޯލު ބޮޑީ ކެޓްރީނާގެ ކަމަށް ވާހަކަތައް ދެކެވިފައި އޮތް ނަމަވެސް މި ފިލްމުގައި އެންމެ ބޮޑު ރޯލެއް ކުޅޭ ބަތަލާ އަކީ ފާތިމާ އެވެ.

އާމިރް، ފާތިމާ އަށް މާ ބޮޑަށް އަޅާލާ ކަމަށް ބުނެ ކެޓްރީނާ ހިތްހަމަނުޖެހިގެން އުޅޭ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ. ބުނެވޭ ގޮތުގައި ފާތިމާ އަށް މި ފިލްމުން ބޮޑު ރޯލެއް ވެސް ލިބުނީ އާމިރް އޭނާ އަށް ބޮޑު ރޯލެއް ދޭން ބޭނުންވުމުންނެވެ. އެކަމާ ހިތްހަމަނުޖެހި ފިލްމުގެ ސެޓުގައި ކެޓްރީނާ ބޮޑާ ހާކަމުން އަންނަ ކަމަށްވެ އެވެ.

މީގެއިތުރުން ވެސް އާމިރް އަންނަނީ ފިލްމުގެ ލީޑް ބަތަލާ އަކީ ފާތިމާ ކަމަށް ބުނަމުންނެވެ. އަދި ކެޓްރީނާ ކުޅޭ ރޯލަކީ ފިލްމަށް މީހުންގެ ހިތްޖައްސުވަން އިން ރޯލެއް ކަމަށް ބުނެވުމުން އެކަން ވީ ކެޓްރީނާ އިންތިހާ އަށް ހިތްހަމަނުޖެހުނު ކަމަށެވެ. އާމިރްް މިހެން ބުނެފައިވަނީ ދެން އެންމެ އަވަހަށް ރިލީޒްވާ ފިލްމު "ސީކްރެޓް ސުޕަސްޓާ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަދައްކަމުންނެވެ.

ކެޓްރީނާ "ތަގްސް އޮފް ހިންދުސްތާން" ގައި ކުޅޭ ރޯލަކީ ކުޑަ ރޯލެއް ކަމަށް އާމިރަށް ބުނެވިގެން އެކަމާ ހިތްހަމަނުޖެހިގެން ކެޓްރީނާ އުޅޭއިރު އާމިރް އަންނަނީ ފާތިމާ އަށް އެކްޓިން ޓިޕްސްތައް ވެސް ދެމުންނެވެ. އެގޮތުން ފިލްމުގެ ސެޓުގައި ވެސް ފާތިމާ އަށް އާމިރް ކޯޗުކޮށްދެމުން އަންނަތީ ވެސް ކެޓްރީނާ ހުންނަނީ ހިތްހަމަނުޖެހިފަ އެވެ.

"ޑަންގާލް" ޑައިރެކްޓްކުރަނީ "ދޫމް 3" ވެސް ޑައިރެކްޓްކުރި ވިޖޭ ކްރިޝްނަ އަޗާރިޔާ އެވެ.