އެސްޓީއޯ

އެސްޓީއޯގެ ތެޔޮ ބޯޓެއް ފަރަށް އަރައިފި

Oct 16, 2017
1

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ތެޔޮ ބޯޓެއް ފަރަކަށް އަރައިފި އެވެ. އެމްއެންޑީއެފުން ބުނީ ފަރަށް އަރާފައި ވަނީ އެސްޓީއޯގެ ތެޔޮ ބޯޓެއް ކަމަށްވާ "ގްރާބު" ކަމަށާއި އަރާފައި ވަނީ ޅ. ފެލިފަރު ކައިރީ ފަރަކަށް ކަމަށެވެ.

މިއަދު ހެނދުނު 6:15 ގައި ގުރާބު ފަރަށް އެރީ ށ. މިލަންދޫން ޕެޓްރޯލް ބަރުކޮށްފެން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށެވެ، އޭރު ބޯޓުގައި 12 މީހަކު ތިއްބެވެ. އެ ސަރަހައްދުގައި ސިފައިނާއި ކޯސްޓްގާޑުގެ ޑައިވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ބޯޓްގައި ހުރި ތެލުގެ މިންވަރު ސާފު ނުވާއިރު ހެނދުނުގެ މި ހާދިސާއާ ގުޅިގެން އެސްޓީއޯއިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް ސިފައިން ގެންދަނީ ބޯޓް ފުން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.