ވިޔަފާރި

ރީފްސައިޑް ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

Oct 18, 2017

މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ރީފްސައިޑުން ކުރިއަށް ގެންދިޔަ "މަރުހަބާ ރަމަޟާން" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

ރަމަޟާން ޕްރޮމޯޝަންގެ ނަސީބުވެރި ހަތަރު ފަރާތަކަށް ޖުމްލަ އެއްލައްކަ ރުފިޔާއަށް ވުރެ އަގުހުރި އިނާމު ހުށަހަޅާފައިވެ އެވެ.

ޕްރޮމޯޝަންގެ އެއްވަނަ ދިން 50،000ރ. ގެ އަގު ހުރި "ރާޑޯ ކަޕްލް" ގަޑި ލިބުނީ އަހުމަދު ޒާހިރު އެވެ. ދެ ވަނަ އަށް ހުށަހަޅާފައިވާ ބޯސް ބްރޭންޑްގެ "ސައުންޑްބާ" ގެ ނަސީބުވެރިޔަކަށް ހޮވުނީ އަޖިތު އެވެ. އަދި ތިން ވަނައަށް ހުށަހަޅާފައި ވަނީ "ސޮނީ ޕްލޭސްޓޭޝަން" ހަތަރު ޕްރޯ ލިބުނީ ނިޝާންތު އަށެވެ. އަދި ހަތަރު ވަނަ އިނާމަކަށް ހުށަހަޅާފައިވާ "ގޯޕްރޯ ހީރޯ" ފަހެއްގެ ލިބުނީ މަރިޔަމް ނަޒާހާ އަށެވެ.

ރީފްސައިޑްއަކީ ރާއްޖޭގައި ބްރޭންޑެއް ގިނަ ބާވަތްތަކެއް ވިއްކާ ކުންފުންޏެވެ. އަދި މި ކުންފުނިން ދޭތެރެއިން ގިނަ ޕްރޮމޯޝަންތަކެއް ކުރިއަށްގެންދެ އެވެ.