ހަބަރު

ދިވެހި / އިނގިރޭސި ގުޅުން ވަނީ އާ މަރުހަލާއެއްގައި: ޝިއާން

ލަންޑަނުން: Mundoo Adam Halym
Nov 7, 2017

މިއިން ޒަމާނަކުވެސް ދިވެހި އިނގިރޭސި ގުޅުން ބަދަހިވެގެން ނުދާހާ ބޮޑަށް ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ގުޅުން ބަދަހިވެފައިވާ ކަމަށާއި އޭގެ ފައިދާ ރާއްޖެއަށް ވަރަށް ފާގަތި ކަމަށް އިނގިރޭސި ވިލާރުގައި ހުންނަވާ ރާއްޖޭގެ އެމްބެސެޑަރު އަހުމަދު ޝިއާން ވިދާޅުވެއްޖެ އެވެ.

އެކްސެލް ލަންޑަންގައި އިއްޔެ ފަށައި މާދަމާގެ ނިޔަލަށް ކުރިޔަށްދާ ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިޔޫޓީއެމް) ގެ ރާއްޖޭގެ ސްޓޭންޑަށް ވަޑައިގެން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ޝިޔާން ވިދާޅުވީ 1965 ވަނަ އަހަރު އިނގިރޭސި ހިމާޔަތުން ރާއްޖެ މިނިވަންވީއްސުރެ އޮތް ޑިޕްލޮމެޓިކް ގުޅުމާއި ދެ ގައުމުގެ ދޭދޭ ގުޅުން އައީ ވަރަށް ރަގަޅަށް އެއްވާނެއްގައި ކަމަށާއި އެހެން ނަމަވެސްކު ވޭތުވެ ދިޔަ ދެތިން އަހަރެއްގެ ތެރޭގައި ދެ ގައުމަށް އެކުގައި ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ދިވެހި/އިނގިރޭސި ގުޅުން އެހެން މަރުހަލާއަކަށް ގެންދެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ދެ ގައުމުން ވެސް މިހާރު ގުޅުން ހަރުދަނާ ކުރަނީ ދެ ގައުމުން ޝައުގުވެރިވާ މިޗުއަލް އިންޓްރެސްޓެޑް އޭރިއާތަކުގައި އެއްބަޔަކުއަނެއް ބަޔަކު އަތުގައި ހިފައިފެންކުރިޔަށް ދާ ގޮތަށް. ހަމައެކަނި ސޔާސީގޮތުން ދެ ގައުމުގެ އޮތް ގުޅުމަށް ބަލައިގެން އެކަންޏެއް ނޫން މިހާރުދެ ދިވެހި އިނގިރޭސި ގުޅުން އޮތީއަކީ،" ޝިއާން ވިދާޅުވި އެވެ.

ޝިއާން ވިދާޅުވީ ދިވެހި / އިނގިރޭސި ގުޅުން އާ މަރުހަލާއަކަށް ގޮސްފައިވާއިރު އިގްތިސޯދާއި ޓްރޭޑާއި އިންޓަނޭޝަނަލް އޯގަނައިޒަންތަކުގެ ތެރެއިން ދެ ގައުމު ރުހޭ އަދި ގަބޫލުކުރާ ކަންކަމުގައި ގުޅުންތައް ބަދަހިކޮށް ކުރިޔަށް އެބަދެވޭ ކަމަށެވެ. އަދި ވިދާޅުވީ އެ ރޮނގުތަކުގައި ދެ ގައުމަށް މހާރު "ރަނގަޅު ގޮށެއް" ޖަހާލެވިފައިވާ ކަމަށެވެ.

"އެއީ މިއިން ޒަމާނެއްގައި ވެސް އެ ލެވެލަށް ގެންދެވުނު ގުޅުމެއް ނޫން. މީގެ ކުރިން ބަރޯސާވެފައި އޮތީ ހަމައެކަނި ސިޔާސީ ގުޅުމަށް،" ޝިޔާން ވިދާޅުވި އެވެ. "އޭގެ ބަދަލުގައި މިހާރު ވިޔަފާރި އާއި އިންވެސްޓްމަންޓާއި އިންޓަނޭޝަނަލީ ވެސް ދެގައުމު ގުޅިގެން ކުރަން ބޭނުންވާ ހުރިހާ ކަމެއްގައި ދެގައުމުގެ ކޮމަން މިޗުއލް އިންޓަރެސްޓްގެ ގޮތުގައި ބަލައިގެން ކުރިޔަށް ދެވޭ. މި ލެެވެލަށް ދެ ގައުމެއްގެ ގުޅުން ދިޔައިމަ އެ ދަނީ ގުޅުން އެހެން ލެވެލަކަށް މިވަރުގެ ގުޅުމެއް ރާއްޖެ އާއި އިނގިރޭސި ވިލާތާއެކު އުފެދިގެން މިދިޔައީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި،"

ކައުންޓާ ޓެރަރިޒަމްގައި އިނގިރޭސިވިލާތަކީ ރާއްޖެއާ އެންމެ ގާތްކޮށް މިހާރު ޕާޓްނާއެއްގެ ގޮތުގައި މަައްކަތް ކުރާ ގައުމެވެ. އެއާއެކު އޭވިއޭޝަންގެ ދާއިރާ އާއި ތިމާވެއްޓާއި އިންވެސްޓްމެންޓާއި ޓްރޭޑްގެ ދާއިރާއިންވެސް ދެ ގައުމުން ވަނީ މިހާރު ގާތްކަމެއް އުފައްދާފަ އެވެ.

ދެހާސް ތޭރަވަނަ އަަހަރު އިނގިރޭސި ވިލާތުން ރާއްޖެ ދިޔަ ޓޫރިސްޓުންނާ އަޅާ ބަލާއިރު 2016 ނިމުނު އިރު އެ ނަމްބަރު ވަނީ 10 ޕަސެންޓް މަތިވެފައެވެ. ޝިއާން ވިދާޅުވީ ރާއްޖެއިން ވެސް އިނގިރޭސި އެހެން ދިމަދިމާއިން ވެސް އިނގިރޭސި ވިލާތާމެދު ދެކެމުން އަންނަ އޮތް ބަދަލު ކުރަންޖެހޭ ކަމަށާއި އެކަން ވެގެން ދާނީ ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ފަހިވެގެން ދާނެ ކަމަކަށް ކަމަށެވެ.

ރާއްޖެ އިނގިރޭސި ހިމާޔަތަށް ދިޔައީ 1887 ގައެވެ. މިނިވަންވީ 1965 ގަ އެވެ.