ހަބަރު

ޓޫރިޒަމް ދާއިރާއަށް ދިވެހިން ތަމްރީން ކުރަން ސޮއިކޮށްފި

Nov 8, 2019
4
ލިމްކޮކްވިންގް ޔުނިވާސިޓީއާއެކު މިއަދު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އެ ޔުނިވާސިޓީގެ ވައިސް ޕްރެޒިޑެންޑް ޓިފަނީ (ވ) އަދި މިނިސްޓަރު އަލީ- ފޮޓޯ: ހާފްކޯޑް: ޝަޔާހު
0%
0%
0%

ޓޫރިޒަމް ސިނާއަތަށް މީހުން ބިނާ ކުރުމާއެކު ޕްރޮގްރާމް ތަކެއް ހިންގަން ލިމްކޮކްވިން ޔުނިވާސިޓީއާއެކު މިއަދު ސޮއިކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ ލަންޑަންގައި ހުންނަ މެލޭޝިއާގެ ލިމްކޮމް ޔުނިވާސިޓީ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަދި ލިމްކޮކްގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ރައީސްގެ ދަރިކަނބަލުން އަދި ވައިސް ޕްރެޒިޑެންޓް ދާތޯ ޓިފަރީ މާރީ ލިމް އެވެ.

ސޮއި ކުރެއްވުމަށްފަހު، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ޓޫރިޒަމް ސިނާއަތަށް ބޭނުންވާ ދިވެހިން ނެރެން ތަމްރީން ދޭނެ ކަމަށާ އޭގެތެރޭގައި އެއްކޮށް ފަންކޮށްދޭ ސްކޮލަޝިޕްތަކާއި އެއްބައި ފަންޑުކޮށްގެން ކިޔަވާނެ ފުރުސަތުތައް ހިމެނޭ ކަމަށެވެ.

"ރައީސް ސޯލިހުގެ ވަރަށް ބޮޑު ވިސްނުންފުޅެއް ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަގާމު ތަކަށް ދިވެހިން ގެނައުމަކީ. ރާއްޖޭގެ ރިސޯޓުތަކުގައި އެބަތިބި ރަނގަޅު ދިވެހި ޒުވާނުން އިތުރަށް ތަމްރީން ބޭނުންވާ. މި އެއްބަސްވުމުން އެ ފުރުސަތު ފަހި ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ލިމްކޮކް ޔުނިވާސިޓީގެ ވައިސް ޕްރެޒިޑެންޓް ޓިފަރީ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ދިވެހިން ގިނަ ފުރުސަތު ތަކެއް ލިބިގެންދާނެ ކަމަށާއި މީހުން ބިނާ ކުރުމުގެ އިތުރުން ޓެކްނޮލޮޖީގެ ދާއިރާ އާއި އެނޫން ގިނަ ދާއިރާތަކުގައި ވެސް ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ހިލޭ ސްކޮލާޝިޕްގެ ފުރުސަތު ލިބޭނެ

ލިމްކޮކްވިންގް ޔުނިވާސިޓީއާއެކު އެއްބަސްވުމުގައި ސޮއިކުރަނީ- ފޮޓޯ: ހާފްކޯޑް: ޝަޔާހު

ލިމްކޮކް ޔުނިވާސިޓީއަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ކެމްޕަސްތައް ހިންގާ ގިނަ އަދަދެއްގެ ދިވެހިން މިހާރު ވެސް ކިޔަވަމުން ގެންދާ ޔުނިވާސިޓީއެކެވެ. މެލޭޝިއާގެ މައި މަރުކަޒު ހުންނަ އެ ޔުނިވާސިޓީއާއެކު ސަރުކާރުން ހެދި އެއްބަސްވުމުގެ ދަށުން މީހުން ބިނާ ކުރަން ހިންގާ ޕްރޮގްރާމްތަކުގައި ހިލޭ ސްކޮލާޝިޕް ފުރުސަތު ދޭނެ އެވެ.

މިނިސްޓަރު ވިދާޅުވީ އެ ޔުނިވާސިޓީއާއެކުވި އެއްބަސްވުމާއެކު ރިސޯޓުތައް ހުޅުވާ ސަރަހައްދު ތަކަށް ޓީމުތައް ގޮސް ގެންވެ ސް މީހުން ތަމްރީން ކުރާނެ ކަމަށެވެ.

"ރިސޯޓުތައް ހުޅުވާ ދުވަސް އެނގޭ އެބަ. ސަރުކާރުން ކަށަވަރު ކުރަން ބޭނުން ވަނީ ރަށް ކައިރީގައި އުޅޭ ދިވެހިން ވަޒީފާ ތަކަށް ނުކުންނަން ފުރުސަތު ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

ލިމްކޮކްވިންގް ޔުނިވާސިޓީގެ ލަންޑަން ކެމްޕަހުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު- ފޮޓޯ: ހާފްކޯޑް: ޝަޔާހު

މި ޕްރޮގްރާމް ހިންގުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވާ، ޑެޕިއުޓީ މިނިސްޓަރު ޑރ. ނައުޝާދު މުހައްމަދު މިއަދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން، ދިވެހިން ބޭނުންވާ ދާއިރާތައް ދެނެގަނެ، މީހުން ތަމްރީން ކުރާނެ ކަމަށެވެ.

"ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަގާމުތަކުގައި ދިވެހިންގެ އަދަދު މަދު. އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކުރަމުން އެބަގެންދަން ބޭނުންވާ ދާއިރާތައް ދެނެ ގަތުމުގެ މަސައްކަތް. އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން އެންމެ ބޮޑަށް ސްކިލް ބޭނުންވާ ދާއިރާތަށް ދެނެގަނެ، އެ ދާއިރާތަކަށް ފޯކަސް ކުރަން،" ނައުޝާދު ވިދާޅުވި އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345