އަލީ ވަހީދު

ދައުވާތަކަށް އަލީ އިންކާރު ކުރައްވައިފި

އަލީ ވަހީދު: ޖިންސީ ގޯނާގެ ދައުވާތަކަށް އިންކާރު ކުރެއްވި --
50%
50%
0%

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ މިއަދު އިންކާރު ކުރައްވައިފި އެވެ.

ލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރޭގައި ޖިންސީ ކުށުގެ ގާނޫނުގެ ގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި އެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ އާއި އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ އެކެވެ.

މި ދައުވާތަކުގެ ޝަރީއަތް މިއަދު މެންދުރު ފަށާފައިވާއިރު އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރު ކުރަމުންނެވެ. މިއަދުގެ އަޑުއެހުމާއި ގުޅޭގޮތުން ޑީޖޭއޭއިން ބުނީ މިއަދުގެ އަޑުއެހުމުގައި އަލީ ވަހީދު މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާގެ ދައުވާތަކަށް އޭނާ އިންކާރު ކުރައްވާފަ ކަމަަށެވެ. އަދި ދައުލަތުން އެ ދައުވާތައް ސާބިތު ކުރަން ހެކި ހުށައަޅާފައި ކަމަށެވެ. ނަމަވެސް ހުށައެޅި ހެކިތަކުގެ ތަފްސީލެއް ނުދެއެވެ. މީގެ އިތުރުން ދައުވާތަކަށް އިންކާރުކޮށް އަލީ ވަހީދު ދެއްކެވި ވާހަކަތަކުގެ ތަފްސީލެއްވެސް ހިއްސާއެއް ނުކުރެއެވެ.

ޖިންސީގޯނާގެ މައްސަލަތައް ސިއްރުކޮށްގެން ކުރިއަށް ގެންދަނީ، ޖިންސީ ކުށްތަކުގެ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހިމެނޭތީ އެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންނެވި ރޭ ނޫސްވެރިންނާއި ބައްދަލްކުރައްވާ އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ބަޔަކު ރާވައިގެން ފަތުރާފައިވާ ތުހުމަތުތަކެއް ކަމަށެވެ. އެއީ އޭނާއާ ދެކޮޅަށް ހިންގި ބޮޑު ޖަރީމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއީ ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އެހެންވީމަ އަޅުގަނޑު ދަންނަވާފައި އޮންނާނެ އަޅުގަނޑުގެ މައްޗަށް ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށް،"

އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތު ތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާ އެ ވާހަކަތައް ފެންމަތިކޮށް އޭނާ މަގާމުން ވަކި ކޮށްފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށެވެ. އެހެން ނަމަވެސް އެކަން ކަމުގެ އަޑީގައި ތިބީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވިއެވެ. ހަމައެކަނި ވިދާޅުވީ މި މައްސަލާގައި ހަނު ނުހުންނަވާނެ ކަމަށާ ކުރިމަތި ލައްވާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ބަޔަކު ރާވައިގެން ފަތުރާފައިވާ ތުހުމަތުތަކެއް ކަމަށެވެ. އެއީ އޭނާއާ ދެކޮޅަށް ހިންގި ބޮޑު ޖަރީމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއީ ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އެހެންވީމަ އަޅުގަނޑު ދަންނަވާފައި އޮންނާނެ އަޅުގަނޑުގެ މައްޗަށް ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށް،" އަލީ ވަހީދު ވިދާޅުވިއެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހާޖަރާ

މީނަ މިނިވަން ކޮއްލަނީ ތަ އަނެއްކާ

ގަާނގގހ

ހަމީދު އަލީ ވަހީދު ނުޖެހީ އޭނަ މުސްކުޅި ވެދާނެ ތީތަ

ގަރޭ

އަލީ އޭ ބުންޏަކަސް ނިިފުދޭނެ

ޔޫމީ

އަލީ ވަހީދު އެފަދަ ކަމެއް ކޮއްފާނެބާ އޭ މަވެސް ހިތައްއަރާ

ދުމްނާ

އަލީ ވަހީދައްވެސް އިންސާފް ލިބެންޖެހޭ

މޭން

އަލީ ވަހީދު ޔަންގްވީމަ ކުރިމަގު މަރާލީ.ހަސަދަ ލިޔަސް ބޮޑު ވަރު

ފަރޭ

ކަންތަކާ ޖެހުނީ..ދެން ހުރޭ ހަނު.

ފައިޒް

އަޅުގަޑުޅވެސް ބުނާނީ ތީ ރޭވުމެކޭ. އެހެންނޫންނަމަ ތިކަން ތިހާ ސިއްރު ކުރުމުގެ ބޭނުމެއްނެތް. އައްޔަ ކަލޭ ތީ ގަދަ މީހެއް

ބލޞޣ

މީހުންގެ ބޮލިގަ އިލްޒާމް އަޅުވަން މިސަރުކާރު ވަރެއްނެއް

ޝައްމަ

އައްޔަ އިންކާރު، ބުރޯ އިންކާރު ، ޔާންޓޭ އިންކާރު ، ކަލޭނޭ ހިފާ ހައްޔަރު ކުރަން ވީ އަހަރަމެން . އެމީހުން ކުއްވެރިވާނެ އެންމެގޮތެއްވެސް ނެއް. އެމީހުން އޭ ހަމަ ހުދު ކާފޫރު ކޮޅެއް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345