އަލީ ވަހީދު

ފްރޭމްކުރިކަން ސާބިތުކޮށް ބަދަލު ހޯދާނަން: އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ޖިންސީ ގޯނާގެ ތުހުމަތުތައް ދޮގުކޮށް ބަދަލު ހޯދާނެކަމަށް ވިދާޅުވި -- ފޮޓޯ: އަވަސް
50%
0%
50%

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ގޯނާގެ ތުހުމަތުތަކީ ފްރޭމްކޮށްގެން ހިންގާފައިވާ ތުހުމަތުތަކެއްކަން ސާބިތުކޮށްދީ އޭގެ ބަދަލު ހޯދާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ އޭނާ ހައްޔަރުކޮށްގެން ގެނައުމަށް އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ މިއަދު ކުރި ޓުވީޓެއްގަ އެވެ.

އަލީ ވަހީދު ހައްޔަރުކުރަން ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ނަމަވެސް އިންޓަޕޯލްގެ ވެބްސައިޓުގައި އެ މައުލޫމާތު އާންމުކޮށްފައެއް ނުވެ އެވެ. އަދި ރެޑް ނޯޓިސް ނެރުނު ތާރީހެއްވެސް ފުލުުން ނުބުނެ އެވެ.

ރެޑް ނޯޓިސް ނެރުން ކުށްވެރި ކުރައްވައި އަލީ ވަހީދު ވިދާޅުވީ ބޭއިންސާފުގެ ކުރިމަތީ އަމާންނުދެއްވާނެ ކަމަށާއި އަދި އަނިޔާވެރިކަމުގެ ކުރިމަތީ ކުޑަކަކޫނުޖަހާނެ ކަމަށެވެ.

"އިރާދަފުޅުން ހައްގަށް ނަސްރު ލިބޭނެ. ފްރޭމް ފަޅާއަރާ ނުހައްގުންދޭ އަނިޔާގެ ބަދަލުވެސް ހޯދާނަން. އަޅުގަނޑުގެ މައުސޫމްކަން ދުނިޔެއަށް ސާބިތުކޮށްދޭނަން. ސަރުކާރާ ދެކޮޅަށް ހުރިހުރުން ގުޑުވާނުލެވޭނެ" އަލީ ވަހީދު ވިދާޅުވި އެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަލީ ދިރިއުޅޭ ސަރަހައްދާއި އުޅޭ ތަނުގެ މައުލޫމާތު ވެސް ފުލުހުންނަށް މިހާރު ވަނީ ލިބިފަ އެވެ.

އިނގިރޭސިވިލާތުގައި މިވަގުތު ހުންނެވި އަލީ ވަހީދު ހައްޔަރުކުރުމަށް ބޭނުންވާ އިނގިރޭސި ބަހުން ކޯޓު އަމުރެއް ފުލުހުންނަށް ކްރިމިނަލް ކޯޓުން ދީފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.

އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  • ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
  • ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ

އަލީ ވަހީދަށް ދައުވާކޮށްފައި ވަނިކޮށް ބޭސްފަރުވާ އަށް ފުރުމަށް ކޯޓުން ހުއްދަ ދިނުުމުން އޭނާ ފުރާވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގެ ތެރޭގަ އެެވެ. އޭގެ ފަހުން އޭނާ ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގަ އެވެ. ކޯޓަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓާއި ސުޕްރީމް ކޯޓުން އެންގުމުން ވެސް ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. އެހެންވެ ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް ކޯޓުން ދިން ހުއްދައާއި އަލީ ހިލާފުވެ ކޯޓުގައި ހިނގަމުންދާ ޝަރީއަތަށް ކޯޓަށް ހާޒިރުނުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ނިންމަވާ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން އަމުރުކުރައްވާފަ އެވެ.

އަލީއާ ޖާމިނުވި ކުރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ، ކޯޓުގެ އަމުރުތަކަށް ކިޔަމަންނުވެ، ކޯޓުގެ ހުރުމަތް ކަނޑައިފައިވާތީ 15 ދުވަހުގެ ޖަލު ހުކުމެއް އޭނާ އަށްވެސް އިއްވި އެވެ. އަސްއަދު މިހާރު ދަނީ 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރަމުންނެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކުޅިކޮޅު

ތިޔައީ އެންމެ ފިނޑިމީހުން ދައްކާކަހަލަވާހަކަ. ތިހެދުނީ ޖެހިޖެހީނުން ފުޅަށްބޮޑަށް ވައްޓާލީމަ ތެދުވެ ދެންޖަހާބަލާށޭ ބުނިމީހާއަށް. ތިދައްކާހައިހިތްވަރު ހުރިނަމަ، ތިގަނައެއް ނުތެޅުނީސް. ޝާރީޢަތަށް ޙާޟިރުވެ، ތިދައްކަންހުރި ހެކިތައް ދައްކައި ތިލަދުގައިނުބެދި ސަލާމަތްވެ ހަށިފޮޅައިލީސް. ކަންހިނގައިދިޔަގޮތަށާއި މިހާރުތިދައްކާ ވާހަކަތަކަށް އިންސާފުކުރާއިރު ޢަލީވަޙީދުވަނީ ވަރަށްބޮޑު ފިނޑިއަކަށް. އަޑުގަހުރިބާރެއް ޢަމަލަކުނެތް.

އެއަދަބު

އެހެންވިއްޔާ ރާއްޖެ އައިސް ނިކަން ކުށެއް ނެތްކަން ސާބިތުކޮށްދީބަލަ. އޭރުންދޯ ތިޔަބުނާ ވާހަކައެއްގެވެސް އޮށްޓަރެއް ހުންނާނީ.

ފިނޑިއަލީ

ބަލަ މާލެއައިސް ތިކަން ސާބިތުކޮށްދީބަލަ. ފިލާއޮވެގެން ގުދޯ ގުދޯ ގޮވިއަކަސް ކަމަކުނުދާނެ. ތިވަރުގެ ފިނޑިއެއް ސިޔާސީ މައިދާނުން އަދި ނުފެނޭ. އަދިވެސް އަޑަށް ބާރުލާފަ ހަޅޭއްލަވާ. ލޮލް.

ބޮކި

ފްރޭމްކުރިކަން ސާބިތުކޮށް ބަދަލު ހޯދޭނީ ލަންޑަންހުގެން ކޮންމެހެން ރާއްޖޭގަ ތިކަންކުރާނެކަމެއް ނެތް ؟

ހަމް

ކުށެއް ނުކުރާނަމަ ފިލައި ބޮނދައިގެނެއް ނޯންނާނެތާ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345