އަލީ ވަހީދު

އަލީ ވަހީދުގެ ޝަރީއަތް ފަށަނީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު --
0%
0%
0%

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓްގައި ތާވަލު ކޮށްފި އެވެ.

އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް ވަނީ އުފުލާފައެވެ.

ހދ. ކުޅުދުއްފުށި ބަނދަރު، އަލީ ވަހީދު މިނިސްޓަރު އޮފް ޓޫރިޒަމްގެ މަގާމުގައި ހުރިއިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ހަތް ދައުވާއެއް އުފުލާ ކޯޓަށް މައްސަލަ ފޮނުވީ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ ގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި އެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ އާއި އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ އެކެވެ.

ކްރިމިނަލް ކޯޓްގައި މި ދައުވާތަކުގެ ޝަރީއަތް ފެށުމަށް ތާވަލު ކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 1:30 ގައެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންނެވި ރޭ ނޫސްވެރިންނާއި ބައްދަލްކުރައްވާ އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ބަޔަކު ރާވައިގެން ފަތުރާފައިވާ ތުހުމަތުތަކެއް ކަމަށެވެ. އެއީ އޭނާއާ ދެކޮޅަށް ހިންގި ބޮޑު ޖަރީމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއީ ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އެހެންވީމަ އަޅުގަނޑު ދަންނަވާފައި އޮންނާނެ އަޅުގަނޑުގެ މައްޗަށް ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށް،"

އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތު ތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާ އެ ވާހަކަތައް ފެންމަތިކޮށް އޭނާ މަގާމުން ވަކި ކޮށްފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށެވެ. އެހެން ނަމަވެސް އެކަން ކަމުގެ އަޑީގައި ތިބީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވިއެވެ. ހަމައެކަނި ވިދާޅުވީ މި މައްސަލާގައި ހަނު ނުހުންނަވާނެ ކަމަށާ ކުރިމަތި ލައްވާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ބަޔަކު ރާވައިގެން ފަތުރާފައިވާ ތުހުމަތުތަކެއް ކަމަށެވެ. އެއީ އޭނާއާ ދެކޮޅަށް ހިންގި ބޮޑު ޖަރީމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއީ ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އެހެންވީމަ އަޅުގަނޑު ދަންނަވާފައި އޮންނާނެ އަޅުގަނޑުގެ މައްޗަށް ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށް،" އަލީ ވަހީދު ވިދާޅުވިއެވެ.

28 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސަންނު

ހާދަ ދެރައޭ.އިންސާފް ލިބޭނެބާ

ލުހްޔާ

އަލީ ވަހީދު ގެ މުސްތަގްބަލް ފެނި ހިތް ހަލާކުވީ.ތިމާ އައަ ވުރެއް ޔަންގް މުސްތަޤްބަލް ކިރިޔާވެސް ބްރައިޓް ވެދާނޭ ހީވާ މީހުން ނައްތާލުމަކީ އާންމު ކަމެއް

އަލީ ވަހީދު

އަލީ ވަހީދު ތީ ރައީސް ރޮއްވާ ދެރަކުރާ މީހެއް

ހަލީމާ ކަނޑިކި

މިގޮލާ ދުވަސް މި ދިޔައީ

ތަކުރު0

މީހަކު ނޭވާ ހޮޅިއައް އެޅިގެން އުޅޭހެން މާ ވަހުށީ ވެގެން މީހުންގެ ބޮލުގަ އިލްޒާމް އަޅުވާއިރު ލަދެއް ނުގަނޭތޯ

ހަސަނާ

ނަސީދުގެ ކުރިމަގައް ހުރަސް އެޅިދާނެ ކޮންމެ މީހެއްގެ އަބުރުކަތިލުމައް ކުރެވެންއޮތް ކޮންމެ ކަމެއް ނަސީދުގެ އެޖެންޓުން ކުރާނެ ދެބޯގެރި ދުހްވުމުގެ ހިތި ތިފެނުނީ ނަސީދޔގެ މަކަރުން ސަލާމަތެއްނުވާނެ

ޝިދާ

ބަލަގަ ހަސަނާ..ނަޝީދު އެއި މީހެއް ކަމަކައް އަހަރުން ވެސް ނުދެކެން.އެކަމު އަންހެނުން ނައް ބޭނުންހާ ގޮތެއް ނުހެދޭނެ މިހާރަކު.

ދީދީ

ކަލޯ އަދި ކުރިކަންތައް ހާމަވާ ވަރަކައް ފިހާރަ ތަކުން ޓިޝޫ ހުސްވާނެ

ކަނޑިކި

އާރ އައި ޕީ އިން އެޑްވާންސް

ރަހުމާ

😂😂😂

ޢިޔާދު

ބަރާބަރު . ޙަސަންގެ ކޭސް ބެލޭނީ ކޮންއިރަކުންބާ؟

ހަމީ

އެހެންވާނީ ކިހިނެއް) މި އެވެރިންގެ ސަރުކާރުނުންތަށް

ބުރީޒް

ހަސަން ތަކުރުތަ

ލޮލީ ބެ

ކިހާ ވަރަކުން ދާނެބާ. އިންތިޒާރުގަ މިހުރީ

ގިޔާސް

ލޮލީ ހިފައިގެން ރެޑީވޭ 😂

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345