ޓޫރިސްޓް އެރައިވަލް

އިނގިރޭސި ޓޫރިސްޓުން އިތުރު ކުރަން އާ މަސައްކަތްތަކެއް ފަށަނީ

ރާއްޖެއަށް އައި ޓޫރިސްޓުން ވީއައިއޭގައި: އިނގިރޭސި ވިލާތުން އަންނަ ޓޫރިސްޓުން އިތުރު ކުރަން އާ މަސައްކަތްތަކެއް ފަށަން ވަނީ ނިންމާފައި -- ފޮޓޯ: އަވަސް އާކައިވް
0%
0%
0%

އިނގިރޭސިވިލާތުން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރަން އިތުރު މަސައްކަތް ތަކެއް ފަށަން ޓޫރިޒަމް މިނިސްޓްރީން ތައްޔާރުވާން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އިނގިރޭސި ވިލާތުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރަން އާ މަސައްކަތް ތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.

ލަންޑަންގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލާ ބައްދަލު ކުރެއްވުމަށްފަހު އަލީ ވަހީދު ވިދާޅުވީ އަންނަ އަހަރުގެ ޑަބްލިއުޓީއެމްއާ ދިމާކޮށް ދިވެހި ފަންނާނުންނާއި ބޭރުގެ އިންވެސްޓަރުން އަދި އިނގިރޭސި ސިޔާސީ ފަރާތްތަކާއެކު "މޯލްޑިވިއަން ނައިޓް" އެއް ބާއްވާނެ ކަމަށެވެ.

އަދި އިނގިރޭސިވިލާތުގެ އެކި ހިސާބު ތަކަށް އެމްބަސީން އިންތިޒާމު ކޮށްގެން ހިންގާ ހަރަކާތްތައް ވެސް ބާއްވާނެ އެކަމަށް އެހީތެރިކަން ދިނުމާއި ދިވެހި ފަންނާނުންނާއެކު އިނގިރޭސިވިލާތުގައި މާކެޓިން ހަރަކާތް ތަކެއް ރާވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަންނަ އަހަރު ދުނިޔޭގެ ޓޫރިޒަމް ދުވަސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގަން ރާވާ ހަރަކާތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ. އެގޮތުން ޓޫރިޒަމް ހަފުތާއާ ދިމާކޮށް ބާއްވާ ދުނިޔޭގެ ރެކޯޑު އިވެންޓު އިނގިރޭސިވިލާުތުގައި ޕްރޮމޯޓް ކުރުން ވެސް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 90,965 މީހުން އައިސްފައި ވެއެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން އައި މީހުންގެ އަދަދު ވަނީ 9.2 ޕަސެންޓް އިތުރުވެފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345