ހަބަރު

ނޭޕާލްގައި ތިބި 91 ދިވެހިން މާލެ ގެނެސްފި

ނޭޕާލްގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއަށް އަނބުރާ އަންނަން ބޭނުންވި 91 މީހަކު ރޭ ރާއްޖެ ގެނެސްފި އެވެ.

އިންޑިއާގެ ބޯޑަރު ކައިރިން ނޭޕާލްގައި ތިބި 14 ކުއްޖަކު އިންޑިއާގެ ނިއުދިއްލީއަށް ދިޔުމަށް ފަހު ޔޫއެލްގެ ފްލައިޓްގައި މާލެ އައިސްފައި ވަނީ ރޭ ދެންވަރު 1:30ގަ އެވެ. އަދި ނޭޕާލްގެ އެހެން ސަރަހައްދުތަކުގައި ތިބި ކުދިންގެ ތެރެއިން 77 މީހަކު ބަގްލަދޭޝް މަގުން މޯލްޑިވިއަން ފްލައިޓްގައި އައިސްފައި ވަނީ ދަންވަރު 3:30 އެހާކަން ހާއިރު އެވެ.

އެ ކުދިން ރިސީވް ކުރުމަށް ފޮރިން މިނިސްޓަރު ދުންޏާ އާއި މޯލްޑިވިއަންގެ އިސްވެރިން އެއާޕޯޓަށް ދިޔަ އެވެ. އަދި އެ ކުދިންގެ ބެލެނިވެރިން ވެސް އެއާޕޯޓްގައި ތިއްބެވެ.

ގިނަ ކުދިން ބުނީ، ބާރުގަދަ ބިންހެލުމެއްގެ ތަޖުރިބާ އަކީ ވަރަށް ބިރުވެރި އަދި ހިތި ތަޖުރިބާއެއް ކަމަށެވެ. އަދި އެއީ ހަނދާނުން ފިލުވާލަން އުނދަގޫ އަދި ނަފްސާނީ ގިނަ އަސަރުތަކެއް ކުރި ތަޖުރިބާއެއް ކަމަށް ވެސް އެ ކުދިން ބުންޏެވެ. އަދި ދިވެހި ސަރުކާރުން ވީ އެހީތެރިކަމަށް ހުރިހާ ކުދިން ވެސް ސަރުކާރަށް ސުކުރު އަދާކުރި އެވެ.