ހަބަރު

ވިލިމާލޭގައި މީހެއް ގަޔަށް ވަޅި ހަރައިފި

ވިލިމާލޭގައި މީހެއް ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިރޭ 7:45 ހާއިރު ވިލިމާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާއަށް އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ނަމަވެސް އޭނާގެ ހާލު ސީރިއަސްއެއް ނޫން ކަމަށެވެ.

އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ފުލުހުން އަންނަނީ މައްސަލަ އިތުރަށް ބަލަމުންނެވެ.