ހަބަރު

މެދުފުށި ރިސޯޓުން މީރާއަށް 2.7 މިލިއަން ޑޮލަރު ދައްކަން ހުކުމްކޮށްފި

Dec 12, 2017

މ އަތޮޅު މެދުފުށީގައި ހިންގާ މެދުފުށި ރިސޯޓުން ކުލި ނުދައްކައިގެން އަރާފައިވާ 2.7 މިލިއަން ޑޮލަރުގެ ޖޫރިމަނާ މީރާއަށް ދެއްކުމަށް އެ ރިސޯޓް ހިންގާ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖޫރިމަނާގެ ގޮތުގައި ނުދައްކާ ހުރި ފައިސާ ހޯދުމަށް މީރާއިން އެ ރިސޯޓް ހިންގާ، "މެދުފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް"ގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އެ ކުންފުންޏާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ހަދާފައިވާ އެގްރިމަންޓްގެ ދަށުން ކުލި ނުދައްކައިގެން އަރާފައިވާ 2.7 މިލިއަން ޑޮލަރުގެ ޖޫރިމަނާ މިއަދުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ހަލާސްކުރުމަށެވެ.

ރިސޯޓްތަކުން ދައްކާ ބިމު ކުއްޔާއި ޓީޖީއެސްޓީ އަދި ޓޫރިޒަމާ ގުޅުން ހުރި އެހެނިހެން ފީތަކަކީ ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބޭ ފީތަކެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން މި ބާވަތުގެ ވަރަށް ގިނަ ފައިސާ މީރާއަށް ނުދައްކާ އެބަ ހުއްޓެވެ. އެގޮތުން މީރާއަށް ފައިސާ ނުދައްކައިގެން މީރާއިން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު
48 މިލިއަން ރުފިޔާއަށް ވުރެ ގިނަ އެވެ.