ހަބަރު

ހޮނިހިރު ދުވަހު އައްޑޫއިން ކަރަންޓް ކަނޑާލަނީ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 1:00 އަށް ކަރަންޓް ކެނޑޭނެ ކަމަށް ފެނަކައިން ބުނެފި އެވެ.

ފެނަކައިން ބުނީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ފޯރުކޮށްދެމުންދާ ސެންޓްރަލް ސްޓޭޝަނުގައި އަލަށް ބެހެއްޓި ދެ މެގަވޯޓްގެ ދެ ޖަނަރޭޓަރުން އައްޑޫ ސިޓީއަށް ކަރަންޓް ދިނުމަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ޖަނަރޭޓަރުގެ މެއިން ޕެނަލަށް ގުޅަންޖެހޭ ކޭބަލް ގުޅުމަށް އަންނަ ހޮނިހިރު ދުވަހު ކަރަންޓް ކެނޑޭނެ ކަމަށެވެ.

އައްޑޫ ސިޓީއަށް ދިމާވި ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ގެންގޮސްފައިވަނީ 1.2 މެގަވޯޓްގެ ޖަނަރޭޓަރަކާއި އެއް މެގަވޯޓްގެ ޖަނަރޭޓަރެކެވެ. އެ ދެ ޖަނަރޭޓަރުވެސް ގެންގޮސްފައިވަނީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އެވެ.

އައްޑޫ ސިޓީގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ދިމާވާ މައްސަލަތައް ހައްލުކޮށް އެ ހިދުމަތް އިތުރަށް ފުޅާ ކުރުމަށް 30 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ރާވަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަރީފް ވަނީ ވިދާޅުވެފަ އެވެ.