ހަބަރު

އަންނަ އާދިއްތަ ދުވަސް ބަންދު

ޑިސެމްބަރު މަހުގެ 31 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުއައްޒަފުންގެ ލުއިފަސޭއަށްޓަކައި ޑިސެމްބަރު މަހުގެ 31 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޔާމީން ހަމަޖައްސަވައިފި ކަމަށެވެ.

އާ އަހަރުގެ ފުރަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަހެވެ. އާދިއްތަ ދުވަސް ބަންދު ކުރުމާއެކު އާ އަހަރާ އެކު ހަތަރު ދުވަހުގެ ބަންދެއް ވަޒީފާއަދާކުރާ ފަރާތްތަކަށް ލިބިގެންދާނެ އެވެ.