ހަބަރު

ސަފީރުންނާ ބައްދަލުކުރަން ހުއްދަ ނަގަން ޖެހޭ ސާކިއުލާ ބާތިލެއް ނުކުރަން: އެލްޖީއޭ

ބޭރުގެ ދައުލަތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ބައްދަލު ކުރުމުގެ ކުރިން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ހޯމް މިނިސްޓްރީން ހުއްދަ ހޯދަން ޖެހޭ ސާކިއުލާ ބާތިލް ނުކުރާ ކަމަށް އެ އެލްޖީއޭއިން ބުނެފި އެވެ.

އެލްޖީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި ބެރުގެ ފަރާތްތަކާއި ބައްދަލުކުރުމަށް ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ސާކިއުލާ ބާތިލް ކޮށްފައިވާ ކަމަށް ހަބަރުތަކުގައި ޝާއިއުކޮށްފައިވާ ކަމަށާއި ނަމަވެސް އެއީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ.

އިއްޔެގެ ތާރީހުގައި އެލްޖީއޭއިން ކައުންސިލްތަކުގެ ރައީސުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ސަރުކާރުގެ މިނިސްޓްރީއަކާ ގުޅިގެން ކުރިޔަށް ގެންދާ ކަންކަމުގައި ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު ކުރިން ހުއްދައެއް ނުހޯދައި ބައްދަލު ކުރެވޭނެ ކަމަށާއި އެގޮތަށް އެކަން ކުރިއަސް އެންމެ ރަނގަޅު ކަމަށް ހޯމް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އެލްޖީއޭއިން ބުނީ، އެ ސާކިއުލާ ބާތިލް ނުކުރާ ކަމަށާއި ސަރުކާރާ ގުޅިގެން ހިންގާ ކަންކަމުގައި ކުރިން ހުއްދަ ހޯދުމަކާ ނުލައި ބޭރުގެ ފަރާތްތަކާ ބައްދަލު ކުރެވޭނެ ކަމަށާއިި ނަމަވެސް ބައްދަލު ވުމަށްފަހު ތިން ދުވަސް ތެރޭގައި ހޯމް މިނިސްޓްރީ އާއި އަދި އެކަމަކާ ގުޅުން ހުރި މިނިސްޓްރީއަށް ފޮނުވަން ޖެހޭނެ ކަމަށެވެ.

"... ސާކިއުލާ ބާތިލްކޮށްފައިވާ ކަމަށް ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި ޝާއިއުކޮށްފައިވާ ހަބަރަކީ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމެއްނެތި ޝާއިއުކޮށްފައިވާ ސައްހަ ނޫން ހަބަރެއް، ރާއްޖޭގެ ހާރިޖީ އާއި ދާހިލީ ސިޔާސަތާއި ގުޅުންހުރި ކަމެއްގައި ކައުންސިލް ތަކަށާއި ރައްޔިތުންނަށް އޮޅޭގޮތަށް ސައްހަ ނޫން މައުލޫމާތު ގެެނެސްދިނުމަކީ ނޫސްވެރިކަމުގެ ހެޔޮ މިންގަނޑާ ހިލާފަށް ޒިންމާދާރު ކުޑަ އަމަލެއް،" ބަޔާނުގައި ވެއެވެ.