ވިޔަފާރި

އޭސް ހާޑްވެއާގެ އާ އަހަރުގެ ހަދިޔާ ބަދިގެތަކަށް

Jan 2, 2018

އާ އަހަރުގެ މުނާސަބަތާ ގުޅުވައިގެން ގެއާއި ބަދިގޭގައި ބޭނުންކުރާ ސާމާނުތަކަށް ބޮޑު ޑިސްކައުންޓްތަކެއް ދޭ ޕްރޮމޯޝަނެއް އޭސް ހާޑްވެއާ އިން ފަށައިފި އެވެ. މަޝްހޫރު ބްރޭންޑްތަކުގެ ބަދިގެ ސާމާނު ވަނީ ޕްރޮމޯޝަނުގައި ހިމަނާފަ އެވެ.

އޭސް ހާޑުވެއާއިން ބުނީ، ޖެނުއަރީ މަހު ޕްރޮމޯޝަން ހާއްސަކޮށްފައިވަނީ، ބަދިގެއާއި ގޭތެރެ ތަރުތީބުކުރުމަށް ގެންގުޅޭ ސާމާނަށް ކަމަށެވެ. ސޭލްގައި ޑިސްކައުންޓު އެޅުވިފައިވާ ބްރޭންޑް ތަކު ތެރޭގައި މަޝްހޫރު ޓީފަލް ބްރޭންޑާއި ޓަޓާއި ނޯޑިކް ވެއާގެ އިތުރުން ރާއްޖެއަށް މުޅިން އާ ބްރޭންޑެއް ކަމަށްވާ ފްރެޑް އެންޑް ފްރެންޑްސް ވެސް ހިމެނޭ ކަމަށެވެ. ޕްރޮމޯޝަން ކުރިއަށް ދާއިރު މިހާރުވެސް އެ ފިހާރައިން ކުރިއަށްގެންދާ ލައިކް އެންޑް ކޮމެންޓު ކޮމްޕެޓިޝަން ވެސް ކުރިއަށް ދާނެ ކަމަށެވެ.

" ތެލި ސެޓު އަދި ބޭކްވެއަރ ފަދަ ތަކެތީގައި ވަރަށް ރަނގަޅު ޑިސްކައުންޓު އެޅުވިފައި ހުންނާނެ. ބަދިގެއަށް ބޭނުންވާ ސާމާނު މިމަހު މިވިއްކާލަނީ ވަރަށްވެސް ހެޔޮއަގެއްގަ. ވީމާ މިފުރުސަތުގެ ބޭނުން ވަރަށް ރަގަޅަށް ހިފާނޭ ކަމަށް އުންމީދު ކުރަން،" އޭސް ހާޑުވެއާއިން ބުންޏެވެ.

އޭސް ހާރޑްވެއާރ އަދި ހޯމްސެންޓަރަކީ 1986 ގައި އުފަންވީ ކޯ ލޯޑް މޯލްޑިވްސްގެ ދަށުން ހިނގަމުންދާ ދެ ފިހާރައެވެ. 2011 ވަނަ އަހަރު ރާއްޖޭގައި ހުޅުވި އޭސް ހާޑްވެއާ އަކީ އޭސް އިންޓަނެޝަނަލް ޗިކާގޯ ޔޫއެސްއޭ އާއި އެކު ފްރެންޗައިސް އެގްރިމެންޓެއްގެ ދަށުން ސާރކް ރީޖަންގައި ހުޅުވުނު ފުރަތަމަ ފިހާރައެވެ.