ދުނިޔެ

ތޫފާނަކާ ހެދި އެމެރިކާގެ ބައެއް ހިސާބުތައް މާސްއަށް ވުރެ ފިނިވަނީ

އެމެރިކާއަށް ސްނޯގެ ވަރުގަދަ ތޫފާނެއް އަރައި ބޮޑު ބައެއް ސަރަހައްްދުތަކުން ކަރަންޓް ކެނޑިއްޖެ އެވެ.

އެމެރިިކާގެ މޫސުމާ ބެހޭ އިދާރާތަކާ ހަވާލާދީ ސީއެންއެން ބުނީ ތުފާނުގައި 12 އިންޗީގެ ބޯމިނަށް ސްނޯ ފައިބާނެ ކަމަށް ބެލެވޭ އިރު ވައި ގަޑިއަކު 60 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެ މިންވަރަށް ސްނޯ ފައިބާނެ ކަމަށް ބެލެވެނީ ނިއު އިންގްލެންޑް ނަމަކަށް ކިޔާ ސަރަހައްދަށެވެ.

" ޑްރެޑެޑް ބޮމްބް" ގެ ގޮތުގައި މޫސުމާ ބެހޭ މާހިރުން ސިފަކުރާ އެތޫފާނުގެ ސަބަބުން އެމެރިކާގެ ބޮސްޓަންއާއި ނިއު ހަމްޝަޔާގެ ފިނިހޫނުމިން ދުނިޔެއާ އެންމެ ކައިރީގައިވާ ޕްލެނެޓް ' މާސް' އަށް ވުރެ ވެސް ދަށަށް ދާނެ ކަމަށް ވަނީ ބެލެވިފައެވެ. ފިނަ ގަދަވުމުގެ ސަބަބުން މިހާރުވެސް މީހުން ދަނީ މަރުވަމުންނެވެ. އެގޮތުން މިހައިތަނަށް 12 މީހަކު ވަނީ ފިނީގެ ސަބަބުން މަރުވެފައެވެ.

ބޮމްބް ސައިކްލޯން އުފެދެނީ ތޫފާނެއްގައި ހުންނަ ޕްރެޝަރު ކުޑަ ވަގުތުކޮޅެއްގައި މާ ބޮޑަށް ދަށް ދިއުމުންނެވެ.

އެމެރިކާއަށް ކުރިމަތިވި ތޫފާނުގެ ސަބަބުން އެގައުުމުގެ ވައިގެ ދަތުރުތަކަށް މިހާރުވެސް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައެވެ. އެގޮތުން އިއްޔެއިން ފެށިގެން މިހައިތަނަށް 2700 ވައިގެ ދަތުރު ވަނީ ކެންސަލްކޮށްފައެވެ.

އަދި ބައެއް ސަރަހައްދުތަކުގެ ހުރިހާ ސްކޫލްތަކެއް ވެސް މިހާރު ވަނީ ބަންްދުކޮށްފައެވެ.

ނޯތު ކެރޮލީނާ ސްޓޭޓާއި ވާޖީނިއާ ސްޓޭޓުގެ 40000 ގޭބިސީއަކުން ކަރަންޓް ކެނޑިފައިވާ އިރު ފްލޮރިޑާގައި 8000 ގެއަކުން ވަނީ ކަރަންޓް ކެނޑިފައެވެ.