ޖަޕާން

ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ޖަޕާންގެ ފޮރިން މިނިސްޓަރު ޓަރޯ ކޯނޯ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ. ހެނދުނު ކޯނޯ ރާއްޖެ ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމެވެ.

އެ މަނިކުފާނުގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެކު ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ބާއްވާނެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޯނޯގެ ދަތުރުގެ ސަބަބުން ރާއްޖެ އާއި ޖަޕާނާ ދެމެދުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ. ކޯނޯ ރާއްޖެ ވަޑައިގަތީ ދެ ގައުމުގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.