ކަނޑުމަތީގެ ހާދިސާ

80 މީހުންނާއެކު ފަރަށް އެރި ހދ. އަތޮޅު ފެރީ ސަލާމަތްކޮށްފި

ހދ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރާ ފެރީ ގާތްގަނޑަކަށް 80 މީހުންނާއެކު އެ އަތޮޅު ކުރިނބީ ފަރަށް އަރައިފި އެވެ.

ކުރިނބީ ކައުންސިލަރަކު "އަވަސް" އަށް ވިދާޅުވީ 80 މީހުންނާއެކު ދަތުރު ކުރި އެ ފެރީ ކުރިނބީ ފަރަށް އަރާފައި ވަނީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށާއި އެ ހާދިސާ ހިނގަން ދިމާވީ ފެރީގެ އިންޖީނު ހުއްޓުނު ވަގުތުގައި ކަމަށެވެ. ފެރީގައި ތިބި މީހުން ސަލާމަތްކޮށް އެހެން ފެރީއަކަށް ބަދަލު ކުރުމަށް ފަހު ދަތުރުތައް ކުރިޔަށް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އަދި ރަށު ރައްޔިތުން ނިކުމެ މިހާރު ވަނީ ދޯނި ވެސް ފުންކޮށްފައެވެ.

ދޯނި ފަރަށް އެރީ މިއަދު 8:00 ޖަހާ އެހާކަންހާއިރު އެވެ.