ހަބަރު

މިއަހަރު ވެސް ޑެންގީ ފެތުރިދާނެ، ސަމާލުވޭ

އެހެން އަހަރުތަކޭ އެއް ފަދައިން ޑެންގޫ ހުން ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުން ފެތުރުމުގެ ފުރުސަތު އޮތުމުން ރައްކާތެެރިކަމުގެ ފިޔަވަޅުތައް ދުރާލަައި ފިޔަވަޅު އަޅަން އިލްތިމާސް ކުރާ ކަމަށެވެ. މަދިރި ހެފުމުން ސަލާމަތް ވުމަށްޓަކައި މަދިިރި މަދުކުރަން މަސައްކަތް ކުރަން ވެސް އެ އެޖެންސީން އިލްތިމާސް ކުރެއެވެ.

ހުމުން ސަލާމަތްވާން އަޅަންވީ ފިޔަވަޅު

* ގެއާއި ގޯަތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަކެތި ހަފުތާއަކު އެއް ފަހަރު ނައްތައިލުން ނުވަތަ ފެން ހުސްކޮށް ސާފުކުރުން.

* މަގުތަކާއި ގޯތިތެރެއަށާއި ވައިގޮޅި ފަދަ ތަންތަނަށް ކުނި ނޭޅުމާއި ކުނި އަޅަން ހާއްސަކޮށްފައިވާ ތަންތަނަށް ކުނިއެޅުން
ކުނިއަޅަން ހުންނަ ތަންތަނާއި ޑަބިން ފަދަ ތަކެތީގެ މަތި ބަންދުކުރުން.

* މަދިރިން ރައްކާތެރިވުމަށް ޓަކައި ނިވައިކަން ބޮޑު ހެދުން އެޅުމާއި މަދިރިން ރައްކާތެރިވާން ހުންނަ ލޯޝަނާއި ސްޕްރޭއާއި މޮސްކިޓޯ ރެޕެލެންޓް ފަަދަ ތަކެތި ބޭނުުންކުރުން.

އިރު އަރާއި އޮއްސޭއިރު ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން.

ޑެންގޫ ހުމުގެ އާލާމާތްތައް

* ގައިގައި ރިއްސުމާ އެކު ހުން އައުން
* ބޮލާއި ލޮލުގައި ރިއްސުން
* ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން

ހުން އަންނަ ނަމަ ކުރަންވީ ކަމަކީ

* ގިނައިން ދިޔާތަކެތި ބޭނުންކުރުން

* ޕެރަސިޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުންނުކުރުން

* ތިން ދުވަހަށް ވުރެ އިތުރަށް ހުުން އަންނަ ނަމަ ނުވަތަ ޑެންގޫ ހުމުގެ އަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުން.

އެޗްޕީއޭއިން ބުނީ ޑެންގޫ ހުން ކޮންޓްރޯލް ކުރުމަށް އެ އެޖެންސީން ގިނަ މަސައްކަތްތަކެއް މިއަހަރުުވެސް ކުރާނެ ކަަަމަށެވެ. އަދި ބުނީ މަދިރި މަދުކުރުމަށް ވެސް މަސައްކަތްކުރާނެ ކަަމަށް ވެސް ބުންޏެވެ. އެކަމުގައި މުއައްސަސާތަކާއި ލޯކަލް ކައުންސިލްތަކާއި ކުންފުނިތަކާއި ޖަމިއްޔާ ޖަމާއްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.