ޑެންގީ

ޑެންގީ ޖެހިގެން އިތުުރު މަރެއް، މިފަހަރު ކުޑަކުއްޖެއް

Oct 11, 2022

ޑެންގީ ޖެހިގެން ފަރުވާ ހޯދަމުން ދިޔަ އުމުރުން ނުވަ އަހަރުގެ ކުޑަކުއްޖަކު މިއަދު މަރުވެއްޖެ އެވެ.

ލ. ފޮނަދޫއަށް ނިސްބަތްވާ މި ކުއްޖާ މަރުވީ އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ޑެންގީއަށް ފަރުވާ ދެމުން ދިޔަ އުމުރުން 21 އަހަރުގެ ޒުވާނަކު ވެސް މިއަދު ވަނީ މަރުވެފަ އެވެ.

ޑެންގީ ހުން ޖެހިގެން އޭޑީކޭގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 19 އަހަރުގެ ޒުވާނަކު ވެސް މިމަހުގެ ހަތަރުވަނަ ދުވަހު މަރުވެފައިވެ އެވެ.