ޑެންގީ

ޑެންގީ ޖެހިގެން ފަރުވާ ދެމުން ދިޔަ ޒުވާނަކު މަރުވެއްޖެ

Oct 11, 2022

ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން ދިޔަ ޒުވާނަކު އަނެއްކާވެސް މަރުވެއްޖެ އެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވީ ރ. ދުވާފަރު، އަތޫފް އަހްމަދު (21 އ) އެވެ.

ޑެންގީ ޖެހިގެން އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ރ. ދުވާފަރު ހޮސްޕިޓަލްގަ އެވެ. އިތުރު ފަރުވާއަށް އުނގޫފާރަށް ގެންދިޔައީ ރޭގެ ވަގުތެއްގަ އެވެ.

އަތޫފްގެ ބައެއް ރަށްޓެހިން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓްތަކަށް ބަލާއިރު އޭނާ މަރުވީ އަލަތު ދަރިފުޅު ލިބުނުތާ ދެ މަސް ފަހުންނެވެ.

ޑެންގީ ހުން ޖެހިގެން އޭޑީކޭގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 19 އަހަރުގެ ޒުވާނަކު މިމަހުގެ ހަތަރުވަނަ ދުވަހު ވެސް މަރުވެފައިވެ އެވެ.