ފިނިޕޭޖް

މީރާ އާއި ފާލިހު މިހާރު އެކުގައި ނުފެނޭ، ކީއްވެ؟

މީރާ އާއި ފާލިހު. -- ފޮޓޯ: މީރާ
0%
100%
0%

މިދިޔަ އަހަރު ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި އެންމެ ގަދަޔަށް ބާރަށް ދެކެވުނު އެއް ވާހަކައަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދާއި، "މޯލްޑިވިއަން އައިޑޮލް" ގެ ސީޒަން އެކަކުން ވިދާލި ލަވަ ކިޔުންތެރިޔާ އަބްދުﷲ ފާހިލުގެ ކައިވެނީގެ ވާހަކަ އެވެ. ވަރަށް ތަފާތު ކައިވެންޏެކެވެ.

އެ ކައިވެންޏަށްފަހު އެ ދެ ތަރިން އެއްކޮށް އެހާ ގިނަ ހުށަހެޅުންތަކުން ނުފެންނާތީ ދެ ތަރިންގެ ފޭނުން ތިބީ މީރާ އަދި ފާލިހު ވީ ހިސާބެއް އެނގެން ވަރަށް ބޭނުންވެފަ އެވެ. ޝޯއަކުން ނުވަތަ ލަވައަކުން ވެސް މި ދެ ތަރިން އެއްކޮށް ފެންނަލެއް މިހާރު ވަނީ ވަރަށް ވެސް މަދުވެފަ އެވެ. ހާއްސަކޮށް ބޮޑެތި ޝޯތަކުގައި ވެސް ދެ ތަރިން ޕާފޯމް ކުރަނީ ވަކިވަކިން އެވެ.

އެންމެފަހުން މި ދެ ތަރިން އެއްކޮށް ފެނިލާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު ބޭއްވި ދިވެހި ފިލްމް އެވޯޑްސް ހަފްލާގެ ތެރެއިންނެވެ. ނަމަވެސް އެ ހަފްލާގައި ވެސް މި ދެ ތަރިންގެ ހުށަހެޅުމެއް ފެނިފައެއް ނުވެ އެވެ. އެދެ ތަރިން ތިބީ ހަމައެކަނި އޯޑިއެންސްގަ އެވެ. އަދި މީރާ މިފަހުން އުފެއްދި އޭނާގެ އަމިއްލަ ބޭންޑްގައި ވެސް ފާލިހްއަށް ޖާގައެއް ނުލިބުނެވެ.

މީރާ އާއި ފާލިހު ވަނީ އަވަސްއަށް އޭގެ ސަބަބު ކިޔައިދީފަ އެވެ. މީރާ އާއި ފާލިހު ވެސް ބުނީ ދެ މީހުން ވެސް މި ދުވަސްކޮޅު އަމިއްލަ މަސައްކަތުގައި ގިނަ ވަގުތު އުޅޭތީވެ ބިޒީވެފައި ތިބީ ކަމަށެވެ. މިހާރު ބޮޑަށް އިސްކަންދެނީ މަސައްކަތައް ކަމަށް ދެ ތަރިން ވެސް ބުންޏެވެ.

"އެހެންޏާވެސް މަސައްކަތް ނެތީކީ ނޫން. އެބަހުރި ބައިވަރު ވޯކްސް. އެކަން ކަމަށް ބޮޑަށް މި ވަގުތު މި ފޯކަސް ކުރަނީ." ނަމަވެސް މިއުޒިކީ ދާއިރާގެ މަސައްކަތް މި ދުވަސްކޮޅަށް ކުޑަކޮށް މަޑުޖައްސާލާފައިވާ ކަމަށް ބުނަމުން މީރާ ބުންޏެވެ.

"އެއީ ނުފެންނަނީކޭ ނޫނޭ. އެއީ މި ދުވަސްކޮޅަށް އޮތް ގޮތް، ވޯކް ހޯދާތީވެ އަސްލު. އެހެންވެ އަނެއް ގޮތައް ނުފެންނަނީ" ފާލިހު ބުންޏެވެ.

ފާހިލު ބުނީ ބައެއް ޝޯތަކުގައި ޕާފޯމްކުރަން ފުރުސަތުތައް މިހާރުވެސް ލިބޭ ކަމަށާއި، ނަމަވެސް ދެ މީހުން އެއްކޮށް އަރާ ވަރުގެ ބޮޑު ޕާފޯމަންސަކަށް ނުވާތީ ނުފެންނަނީ ކަމަށެވެ.

މި ދެތަރިން އެއްކޮށް މި ދުވަސްކޮޅު ނުފެނުނު ކަމުގައި ވީނަމަވެސް މި ދެ ތަރިންގެ ފޭނުން މާޔޫސްވާނެ ކަމެއް ނެތެވެ. މީރާ އަދި ފާލިހު ބުނީ މި އޮތީ އާ އަހަރެއް ފެށިފައި ކަމަށާއި އަވަސް މުސްތަގުބަލެއްގައި ދެ މީހުން އެއްކޮށް ބޮޑު ޕާފޯމެންސަކުން ފެނިލާނެ ކަމަށެވެ.

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މޯޑް

މަށަށް ރަނގަޅީ އެއްވެސް ވަރަކަށް ތި ދެމީހުން ނުފެނުނިއްޔާ.. ތި ދެން ކޮން ބައެއް..

ޝަކިރު

މީހުންނޭ... ތިޔާ މީހުންތަ؟ އަދި މީހަކަށް ނުވޭ.. ތިޔާ ތަންދޮރު އޮޅުން ނުފިލާ ތުއްތު ކުދިންތަކެއް. ތިޔަ ކުދިން މީހުނަށް ވާ ދުވަސް ބޭބެ ދެކެން ބޭނުން.

ޙަސަން

މީރާ އެއީ ކާކުތޯ ؟އެ ނަން ކިޔާ މީހަކު ވެސް ހުރޭ ތަ؟

ސާނާ

އަހަރުން އެމީހުން ނުފެނިގެން ނޫޅެން. އަވަސް އިން އެމީހުން ނުފެނިގެން ތިއުޅެނި. މީދެން ބައެއްތަ.

މީރާ

އަސްލުތަ؟ ހިނގާދޯ ދިމާވެލަން.

އަވަސް

މީރާތީ މަވަރަށް ބޭނުން ކުއްޖެއް. އަޅެ މަށަށް ހާދަ ރިއްޗޭ. މަލެ އަތޮޅު ރިސޯޓަކުން ދިމާވި. އެމަންޖެ ހާދަހާ ލޯއްބޭ!

މުދިންބެ

މީރާ ފެނުނީމާ ހިތްހަމަ ޖެހުމެއް ލިބޭ ކަމުގެ އިހްސާސް މިހާރު ކުރެވޭ. މީރާގެ މަތީ ލެވެލްގެ ޕާފޯމަންސް އަބަދުވެސް ބަލަން ބޭނުންވޭ

ކާކު

މީ ކޮން ބަައެއް؟؟؟

ސިދުގީ

އަދި ނުފެނިގެން އުޅޭވަރެއް ނުވޭ....

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345