ވިޔަފާރި

ޑިސެމްބަރު މަހު ރާއްޖޭގެ އިމްޕޯޓް 10 ޕަސެންޓް މައްޗަށް

Jan 15, 2018
1
  • މަހުގެ އެކްސްޕޯޓް 96 ޕަސެންޓް އިތުރުވި
  • އިމްޕޯޓް ޑިއުޓީ އަށް ޕަސެންޓް އިތުރުވެފައި
  • ބޭރުކޮށްފައިވަނީ 3.7 ބިލިއަން ރުފިޔާގެ މުދާ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް މުދާ އެތެރެކުރި އަދަދު ކުރީ އަހަރާ އަޅާބަލާއިރު 10 ޕަސެންޓް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން އާއްމު ކުރި ހިސާބުތައް ދައްކާ ގޮތުން، 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް 3.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަހަރުގެ ޑިސެމްބަރު މަހު މިއަދަދުވަނީ 3.7 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއިންއިންނެވެ. މީގެ އިތުރުން ހިމެނެނީ ސިންގަޕޫރާއި އިންޑިއާ އަދި ޗައިނާގެ އިތުރުން މެލޭޝިއާ އެވެ.

އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސްއަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު ހުސްވި ޑިސެމްބަރު މަހު އަށް ޕަސެންޓް އިތުރުވެފައެވެ. މި އަހަރު ޑިސެމްބަރުމަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 286 މިލިއަން ރުފިޔާ ލިބިފައިވާއިރު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަަހު ލިބިފައިވަނީ 265 މިލިއަން ރުފިޔާ އެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި ފާއިތުވި ޑިސެމްބަރު މަހު، މަހުގެ ބާވަތްތައް ރާއްޖޭން ބޭރު ކުރެވުނު އަދަދު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 96 އިންސައްތަ އިތުރުވެފަ އެވެ. އަދި 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު 200 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން ބޭރުކޮށްފައިވާއިރު 2017 ވަނަ އަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 391 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފަ އެވެ.

ރާއްޖެ އިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާ އިރު މިދިޔަ ޑިސެމްބަރު މަހު އެކްސްޕޯޓްކުރި މުދަލުގެ 61 ޕަސެންޓް ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 8.3 ޕަސެންޓް އެކްސްޕޯޓްކޮށްފައިވަނީ އެމެރިކާ އަށެވެ. އަދި ޖަރުމަން ވިލާތަށް 6.1 ޕަސެންޓް އެކްސްޕޯޓްކޮށްފައިވާއިރު، ފްރާންސަށް 5.1 ޕަސެންޓް އެކްސްޕޯޓްކޮށްފައިވެ އެވެ.