ދުނިޔެ

ފަލަސްތީނު މީހުންގެ ގަަބުރު ހިފަހައްޓަން އިޒްރޭލުން ގާނޫނެއް ހަދަނީ

އިޒްރޭލުގެ ހަމަލާތަކުގައި މަރުވާ ފަލަސްތީނު މީހުންގެ ޖަނާޒާ ބޭއްވުމަށް އެމީހުންގެ ގަބުރު އާއިލާއާ ހަވާލު ނުކޮށް ހިފެހެއްޓުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ގާނޫނެއް ހަދަން އިޒްރޭލުގެ ޕާލަމެންޓަށް ބިލެއް ހުށަހަޅައިފި އެވެ.

ފަލަސްތީނުގެ ހަބަރުތައް ގެނެސްދޭ ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރުން ބުނީ ގަބުރު ހިފެހެއްޓުމުހެ ހުއްދަދޭ ބިލަށް ބަހުސް ކުރުމަށް އިޒްރޭލުގެ ގާނޫނުތައް ހެދުމާ ބެހޭ މިނިސްޓްރީއަލް ކޮމިޓީން މިހާރު ރުހުން ދީފައިވާ ކަމަށެވެ. އިޒްރޭލުގެ ނޫސްތަކާ ހަވާލާދީ އެ ނޫހުން ބުނީ ބިލުގެ ފުރަތަމަ ކިއުން މި ހަފުތާގައި އޮންނާނެ ކަމަށާއި އެ ޖަލްސާގައި ބިލަށް ވޯޓު ވެސް ލާނެ ކަމަށެވެ.

އިޒްރޭލުގައި މިފަދަ ގާނޫނެއް ހަދަން މަސައްކަތް ފެށީ މީހުންގެ ގަބުރު އާއިލާއާ ހަވާލު ނުކޮށް ހިފަހައްޓައިގެން ނުވާނެ ކަަމަށް ބުނެ އެ ގައުމުގެ މަތީ ކޯޓަކުން ރޫލިން އެއް ނެރުމުންނެވެ.

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ފަލަސްތީނު މީހުން މެރުމަކީ އެ ގައުމުން އާއްމުކޮށް ހިންގަމުންްދާ ޖަރީމާއެކެވެ. ނަމަވެސް މަރާ މީހުންގެ ހަށިތައް އާއިލާއާ ހަވާލު ނުކޮށް ހިފެެހެއްޓުމަކީ ދާދި ފަހުން ފެށި ކަމެކެވެ. އިޒްރޭލުގެ ޖަރީމާ ތަކާ ދެކޮޅަށް ތެދުވާ ފަލަސްތީނު މީހުން މެރުމަށް ފަހު އެމީހުންގެ ގެތައް ތަޅައިލުން ވެސް މިހާރު ވަނީ އާއްމު ކަމަކަށް ހަދާފަ އެވެ.