ވިޔަފާރި

މަޓާޓޯ މެންބަރުން އިޝްތިހާރު ކުރަން ފުރުސަތެއް

Jan 26, 2018

"މޯލްޑިވްސް ފައިންޑާ" އާއި "ޓްރެވަލް އެޖެންޓް ގައިޑްގައި" އިޝްތިހާރު ކުރަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓާޓޯ) ގެ މެންބަރުންނަށް ފުރުސަތެއް ހުޅުވާލައިިފި އެވެ.

މަޓާޓޯ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި މި އަހަރުގެ މާޗް މަހު ނެރެން ތައްޔާރުވަމުން ދާ "މޯލްޑިވްސް ފައިންޑާ" އާއި "ޓްރެވަލް އެޖެންޓް" ގައި އިޝްތިހާރު ކުރުމަށް ހިލޭ ފުރުސަތު ލިބެނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ދެ މަޖައްލާގެ މި އަހަރުގެ އަހަރީ ފީ ދައްކާ ކުންފުނިތަކަށް ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި މޯލްޑިވްސް ފައިންޑާގެ 50،000 ކޮޕީ ޕްރިންޓް ކުރާއިރު، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ގުޅިގެން ބައިވެރިވާ ފެއާތަކުގައި މެގަޒިން ބަހާނެ ކަމަށެވެ.

މަޓާޓޯގެ މެންބަރުންގެ އަދަދު 90 އަށްވުރެ ގިނައިރު، އެ ޖަމިއްޔާއިން ދަނީ ރާއްޖެ މާކެޓު ކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. މި އަހަރު އެ ޖަމިއްޔާއިން 15 ފެއާއަކަށްދާނެ އެވެ.