ވިޔަފާރި

ރަސްލީގެ ސުޕާރީގެ އަގު 42 ޕަސެންޓް ބޮޑުވެއްޖެ

Jan 27, 2018
4
  • ވަކިން ސުޕާރީއެއް 1 ރުފިޔާއަށް
  • ކުރިން ރުފިޔާއަކަށް ތިން ސުޕާރީ
  • ސުޕާރީ ކޭހެއްގެ އަގު 1500ރ. އަށް

ރަސްލީ ސުޕާރީ ވިއްކާ އަގު ބާޒާރުގައި 42 ޕަސެންޓް ބޮޑުވުމާއެކު، ފިހާރަތަކުގައި ވަކިން ޕެކެޓެއް ވިއްކާ އަގު އެއް ރުފިޔާއަށް މަތިވެއްޖެ އެވެ.

ކުރިން ރުފިޔާ އަށް ތިން ސުޕާރީ ލިބޭ "ރަސްލީ" ކޭހެއް މިހާރު ވިއްކަނީ 1500ރ. އަށެވެ. އަދި ނަމަވެސް މިއީ ކުރިން 1050ރ. އަށް ވިއްކި އެއްޗެވެ.

ދިވެހިންގެ ވަރަށް ގިނަ ބަޔަކު ބޭނުންކުރާ ސުޕާރީގެ އަގު މަތިވި ސަބަބެއް ނޭނގުނު ނަމަވެސް، މާލޭގެ ގިނަ ފިހާރަ ތަކުން ބުނަނީ ސުޕާރީ މިހާރު ލިބެނީ އަގު ބޮޑުކޮށް ކަމަށެވެ.

ރަސްލީގެ ސުޕާރީ ރާއްޖެ އަށް ގެންނަނީ ލޮޓަސް ކުންފުނިންނެވެ. ނަމަވެސް އެ ކުންފުނިން ރަސްމީކޮށް ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި ސުޕާރީގެ އަގު ބޮޑުވީ ސުޕާރީ އުފައްދާ ޕާކިސްތާނުން، މި އުފެއްދުން ބޭރު ކުރުން ހުއްޓާލުމުންނެވެ.

"ރަސްލީ ސުޕާރީ" އަކީ ދިވެހިންގެ ގިނަ ބަޔަކު ދެވި ހިފާލައިވާ އެއްޗެކެވެ. ދެހާހުގެ އަހަރުތަކުގައި ދިވެހިންގެ ތެރެއަށް އާއްމުވި މި ސުޕާރީ އެކި ފަހަރު މަތިން ވަނީ އަގަށް ބަދަލު އައިސްފަ އެވެ.