1 ފެބުރުއަރީގެ އަމުރު

ކޯޓް އަމުރަށް ބޯލަބައި، ސިޔާސީ ލީޑަރުންނާ އެކު މަޝްވަރާ ފަށާ: އީޔޫ

Feb 2, 2018
4

ސުޕްރީމް ކޯޓްގެ ހުކުމް ލަސްނުކޮށް ތަންފީޒްކޮށް އެއަށް ފަހު ސިޔާސީ ލީޑަރުންނާ އެކު މަޝްވަރާތައް ފެށުމަށް އީޔޫ އިން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.

އީޔޫއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ސިޔާސީ ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ހުކުމްތައް ބާތިލްކޮށް އަދި ރައްޔިތުން މަޖިލިސް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތައް ހިފެހެއްޓުމަށް އެޅިގެން ދިޔަ ބާރެއް ކަމަށާއި މިއީ ޑިމޮކްރަސީގެ މުހިންމު އަސާސްތައް ނަގަހައްޓައިދޭނެ އަމުރެއް ކަމަށެވެ. ދިވެހި ސަރުކާރުން ސުޕްރީމް ކޯޓްގެ އަމުރަށް ބޯލެބުމަށް ގޮވާލަމުން އީޔޫ އިން ބުނީ ސިޔާސީ އެންމެހާ ލީޑަރުންނާ އެކު ސަރުކާރުން މަޝްވަރާކޮށް މިނިވަން އިންސާފުވެރި އިންތިހާބަކަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

މިފަދަ ދަނޑިވަޅެއްގައި ސަލާމަތީ ހިދުމަތްތަކުން ވެސް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އަމަލުކުރުމަށާއި ރާއްޖޭގެ އަމަން އަމާންކަމާއި ގައުމުގެ ހަމަޖެހުން އަދި ރައްޔިތުންގެ ރައްކާތެރި ކަމަށް އިސްކަން ދިނުމަށް ވެސް އީޔޫ އިން ވަނީ ރާއްޖޭގެ ކަމާ ގުޅޭ އިދާރާތަކަށް ގޮވާލައިފަ އެވެ.