1 ފެބުރުއަރީގެ އަމުރު

"އަމުރަށް ހުރަސް އަޅާނަމަ ބައިނަލްއަގުވާމީ ފިޔަވަޅު އަޅާފާނެ"

ސިޔާސީ ލީޑަރުން ދޫކޮށްލުމަށް އަމުރުކޮށް، ސުޕްރީމް ކޯޓުން ކުރި އަމުރަށް ސަރުކާރުގެ ފަރާތްތަކުން ހުރަސް އަޅާނަމަ އެ ފަރާތްތަކަށް ބައިނަލްއަގުވާމީ ހަމަތަކުން ފިޔަވަޅުތަކެއް އަޅާފާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް މުޅި ދުނިޔެ ގޮވަމުން ދާކަން އެ އަމުރަށް ހުރަސް އަޅާ ފަރާތްތަކަށް އެނގެން ޖެހޭނެ ކަމަށެވެ. ނަޝީދު ވަނީ "ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް އާއި އެހެން ބޭފުޅުންނަށް އެނގިވަޑައިގަންނަވާ| ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ އަމުރުގައި ހިމނެނޭ ކަންކަން ތަންފިޒު ނުކޮށްފި ނަމަ އެކަމަށް ހުރަސް އަޅާ އެންމެހާ ފަރާތްތަކަށް ބައިނަލްއަގުވާމީ ހަމަތަކުން ފިޔަވަޅު އެޅުން ގާތް ކަމަށެވެ.

ރައީސް ނާޝީދު ކުރެއްވި ޓްވީޓް --

ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތުން ސިޔާސީ ފަރާތްތައް ޖަލުން މިނިވަން ކުރަންޖެހެ އެވެ. އެ އަމުރަށް ހުރަސް އަޅާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ އަމުރު ނެރުނުތާ މިހާރު 30 އަށް ވުރެ ގިނަ ގަޑިއިރުވެފައިވީ ނަމަވެސް ހުކުމް ތަންފީޒު ކުރަން ސަރުކާރުން ވަނީ ފަސްޖެހިފަ އެވެ.