1 ފެބުރުއަރީގެ އަމުރު

ރައީސް އޮފީހުގެ އިސް ބޭފުޅަކު އިސްތިއުފާ ދެއްވައިފި

Feb 3, 2018
3

ރައީސް އޮފީހުގެ ފަރާތުން ބޭރުގެ ފަރާތްތަކަށް މައުލޫމާތު ސާފުކޮށްދިނުމަށް އިސްކޮށް ހުންނެވި، ފޮރިން ރިލޭޝަންސް އަންޑަސެކްރެޓަރީ ފައްޔާޒް ޝާތިރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާގެ ފޭސްބުކްގައި ވިދާޅުވެފައި ވަނީ އޭނާ އަދާކުރަމުން ދިޔަ ވަޒީފާ، ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އަންޑަސެކްރެޓަރީގެ މަގާމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ. އޭނާއާ ގުޅުމުން ފޯނަށް ޖަވާބެއް ވެސް ނުދެއްވަ އެވެ.

މިއަދުގެ ވަގުތެއްގައި މާފުށީ ޖަލު ބަލަހައްޓަން ހުންނެވި އިސް އޮފިސަރު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ފުލުހުންގެ އިދާރާ ހިންގަވަން ހުންނެވި ސައުދީ ވެސް މިހާރު ވަނީ މަގާމުން ދުރުކޮށްފަ އެވެ.