ރައީސް މައުމޫން އަބްދުލްގައްޔޫމް

"މައުމޫނާއި ދެފަނޑިޔާރާއި ހަސަން އުޅުނީ ސަރުކާރު ވައްޓާލަން"

Feb 7, 2018
16
  • ރިޝްވަތު ދިނުމުގެ ތުހުމަތު މައުމޫނަށް
  • ދެ ފަނޑިޔާރު ރިޝްވަތުގަ ހިފި: ޕޮލިސް
  • ހެކި ވަނީ ލިބިފަ ކަމަށް ބުނި

ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ބަދަލު ކޮށްލަން އުޅުނު މައްސަލައެއް ފުލުހުންގެ އިދާރާއިން ބަލައި ތަހުގީގު ކުރަން ފަށައިފި އެވެ. މި މައްސަލައަށް ތުހުމަތުކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ނިޝާން ޣާޒީގެ އިތްޒަތްތެރި ވެރިޔާ އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝްގެ ވެރިޔާ ހަސަން ސައީދު ހުސައިން އާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ.

މި ތުހުމަތުތަކާއެކު އެ ބޭފުޅުންގެ މައްޗަށް ތަހުގީގެއް ފެށި އިރު 1 ފެބުރުއަރީގެ ހުކުމާ ގުޅިގެން ސަރުކާރުން ކުއްލި ނުރައްކަލިުގެ ހާލަތު އިއުލާން ކުރުމަށް ފަހު އެ ބޭފުޅުން ތިބީ ހައްޔަރުކޮށްފައެވެ. ފުލުހުން މިއަދު ވަނީ އެ ބޭފުޅުންގެ މައްޗަށް ބޮޑެތި ތުހުމަތުތައްކޮށްފަ އެވެ.

އެ ބޭފުޅުންގެ މައްޗަށް ކޮށްފައިިވާ ތުހުމަތުތައް

ރައީސް މައުމޫނަށް ކުރި ތުހުމަތުތަކުގެ ތެރޭގައި ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުން ހިމެނެ އެވެ. އެކަމާ ގުޅޭ ހެކިބަހާއި ހެލި ލިބިފައި ކަމަށް ފުލުހުން ބުންޏެވެ.

ފަނޑިޔާރު އަލީ ހަމީދަށް ކޮށްފައިވާ ތުހުމަތުތަކަކީ ރިޝްވަތު ހިފުމާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގަން ދަތި ކުރުމާއި ދައުލަތް ހިންގުމަށް ދަތި ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމެވެ. އަލީ ހަމީދާ ގުޅުންހުރި ގިނަ އަދަދެއްގެ ފައިސާ ހޯދިފައިވާ ކަމަށާއި އެކަމާ ހެކި ހޯދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާގެ މައްޗަށް މި ތުހުމަތުތައް ކުރި މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އަލީ ހަމީދުގެ މައްޗަށް ހިޔާނާތާއި ރިޝްވަތާއި ސަރުކާރު ވައްޓާލަން އުޅުއްވުމުގެ ހެކި ލިބިފައިވާތީ މަގާމުން ސަސްޕެންޑްވެސް ކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ރިޝްވަތުގައި ފައިސާ ހިފުމާއެކު ވަކި ގޮތަކަށް ހުކުމްތައް ނެރުމާއި ގާނޫނީ ވަރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރުމާއި ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގަން ހުރަސް އެޅުން ފަދަ ކަންކަން ހިމެނެ އެވެ. އޭނާގެ މައްޗަށް ވެސް ހެކި ލިބިފައިވާ ކަމަށް ބުންޏެވެ.

ހަސަން ސައީދުގެ މައްޗަށް ވެސް ރިޝްވަތު ހިފުމާއި އެ ފައިސާއިން މަންފާ ހޯދުމާއި ދައުލަތާއި ޖިނާއި އަދުލުގެ ނިޒާމް ހިންގަން ހުރަސް އުޅުން ފަދަ ތުހުމަތުތައް ކޮށްފައި ވެއެވެ. އެނާގެ ގެ ބަލައި ފާސް ކުރި އިރު އެކަމާ ގުޅުން ހުރި ގިނަ ފައިސާ ވެސް ފުލުހުން ވަނީ ހޯދާފަ އެވެ. ފުލުހުން ބުނީ ހަސަން ސައީދުގެ ކޮޓަރީގައި އޭނާ އަވަހާރަ ލައްޕަވާ އެނދުގެ ގޮދަނޑި ދަށުން އެކަމާ ގުޅުން ހުރި ގިނަ އަދަދެއްގެ ފައިސާ ފެނުނު އިރު އޭނާ ގުޅޭ ހެކިވެސް ހޯދާފައިވާ ކަމަށެވެ.

އިތުރަށް ބުނީ މިކަމާ ގުޅޭ އެތައް މިލިއަން ޑޮލަރާއި ފައިސާގެ ޓްރާންސެކްޝްންތަކުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމާއި ގުޅުން ހުރި އިތުރު މައުލޫމާތާއި ހެކިވެސް ލިބެމުން އަންނަ ކަމަށެވެ.