ކުއްލި ނުރައްކަލުގެ ހާލަތު

މާލޭގައި ހަރަކާތްތެރިވި އޭއެފްޕީގެ ދެ ރިޕޯޓަރަކު ހައްޔަރުުކޮށްފި

މާލޭގައި ހަރަކާތްތެރިވި އޭޖެންސް ފްރާންސް ޕްރެސް (އޭއެފްޕީ)ގެ ދެ ރިޕޯޓަރަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރާއްޖޭގެ އިިމިގްރޭޝަން ގާނޫނާއި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ދެ ނޫސްވެރިއަކު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބުނީ އޭގެ ތެރެއިންް އެކަކީ އިންޑިއާ މީހެއް ކަމަށާއި އަނެކަކީ އިނގިރޭސިވިލާތުގެ މީހެއް ކަމަށެވެ.

އޭޝިއަން ނިއުސް އިންޓަނޭޝަނަލް ( އޭއެންއައި) އިން ބުނީ ހައްޔަރު ކުރި އެކަކީ އިންޑިއާގެ ޕަންޖާބްގެ އަމްރިޝްތާރު ނަމަކަށް ކިޔާ ރަށުގެ، މޯނީ ޝަރުމާ ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އަދި އަނެއް މީހާއަކީ އިނގިރޭވިލާތުގެ ލަންޑަނު މީހެއް ކަމަށްވާ ރާޖީވް ޕަޓޭލް ކަމަށް ވެސް ބުންޏެވެ.

އެދެ މީހުންނަކީ ދެ ފޮޓޯ ޖާނަލިސްޓުން ކަމަށް ވަނީ އެނގިފަ އެވެ. އެދެ މީހުން ރާއްޖެ އައިސްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށް ވެސްވެ އެވެ.