ވިޔަފާރި

ބޮޑު ފަރުނީޗަރު ފިހާރައެއް ރެޑްވޭވުން ހުޅުވަނީ

Feb 21, 2018
1
  • ފަރުނީޗަރުގެ އަގުތައް ވަރަށް ހެޔޮ
  • ފަރުނީޗަރު ނަން ހުސްކޮށް ލިބެން ހުރޭ
  • ބެޑްރޫމް ސެޓާއި ވަކިން ވެސް ލިބެން ހުރި

ރާއްޖޭގެ އެންމެ ބޮޑު ފަރުނީޗަރު ފިހާރަ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ރެޑްވޭވުން ވެއްޖެ އެވެ. ފިހާރަ ހުޅުވާލާނީ މާދަމާ އެވެ.

ޝާޕް ގޯޅިގަނޑު (ގަލޮޅު ދަނޑުގެ އިރުމަތީ ގޯޅީ) ގައި ހުޅުވާ "ރެޑްވޭވް ލިވިން" އާ ބެހޭ ގޮތުން އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި ފިހާރަ ވިޔަފާރިއަށް މާދަރޭ ހުޅުވާލާއިރު މިއީ އެންމެ އަގުހެޔޮ، އަދި އެންމެ ގިނަ ވެރައިޓީ ހުރި ފަރުނީޗަރު ސެންޓަރަށް ވާނެ ކަމަށެވެ.

"ޔަގީންކަމާއެކު މި ބުނަނީ މިހާރު އިރާދުކުރެއްވިއްޔާ މި އަށްވުރެ ވެރައިޓީ ގިނަ ފަރުނީޗަރު ފިހާރައެއް ރާއްޖެއަކު ނުހުންނާނެ. އަގު ވެސް އެހާމެ ހެޔޮވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ދެ ބުރިއަށްވާ ގޮތަށް ހަދާފައިވާ "ރެޑްވޭވް ލިވިން" ގައި ފަރުނީޗަރުގެ އިތުރުން ޓީވީގެ އެކި ބްރޭންޑުތައްވެސް ހުރެ އެވެ. އަދި މިތަނުގައި ގެއަށް ބޭނުންވާ ފަރުނީޗަރާއި އޮފީސް ފަރުނީޗަރުވެސް ހުރެ އެވެ. އަދި ބެޑްރޫމް ސެޓުތައް ވެސް ވިއްކަ އެވެ.

"ރެޑްވޭވް ލިވިން" ގައި ލިބެން ހުރި ބެޑްރޫމް ސެޓުގެ އިތުރުން އެނދާއި އަލަމާރި ފަދަ އަދި ޑްރެސިން ޓޭބަލް ވެސް ވަކިން ވިއްކަ އެވެ. އަދި ޑްރެސިން ޓޭބަލްގެ އަގުތައް 5،000ރ. އިން ފެށިގެން 25،000ރ. އާ ހަމައަށް އެބަހުއްޓެވެ. އަދި 1،500ރ. ވަރަށް އަލަމާރި ލިބެން ހުރެ އެވެ.

ޔަގީންކަމާއެކު މި ބުނަނީ މިހާރު އިރާދުކުރެއްވިއްޔާ މި އަށްވުރެ ވެރައިޓީ ގިނަ ފަރުނީޗަރު ފިހާރައެއް ރާއްޖެއަކު ނުހުންނާނެ. އަގު ވެސް އެހާމެ ހެޔޮވާނެ
ރެޑްވޭވްގެ އޮފިޝަލް

ރެޑްވޭވްގެ އޮފިޝަލް ވިދާޅުވީ މިތަކެތީގެ އަގު ހެޔޮވުމުގެ އިތުރުން ކޮލިޓީވެސް އެހާ ރަނގަޅުވާނެ ކަމަށެވެ. އަދި މި ތަކެތި "އެމްއެފްއެލްސީ" ފަދަ އިންސްޓޯލްމަންޓް ސްކީމް ތަކުން ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ މީހުން ވެސް އެއްޗިހި މިގެންނަނީ އެއް ތަނަކުން. އަޅުގަނޑުމެން [ރެޑްވޭވް] ފެ ތަފާތަކީ އަގު ހެޔޮވުން. ރައްޔިތުންގެ އަތް ފޯރާ ފަށުގައި ލިބެން ހުރުން. މިއީ ތަފާތަކީ،" އޮފިޝަލް ވިދާޅުވި އެވެ.

ރެޑްވޭވުން މިއީ ހުޅުވި 11 ވަނަ ފިހާރަ އެކެވެ. އެ ކުންފުނިން މީގެ ކުރިން ވަނީ އާއްމުތަކެތި ވިއްކާ ފިހާރަތަކާއި އިލެކްޓޯނިކްސް ފިހާރައެއް ވެސް ހިންގަ އެވެ.