ދުނިޔެ

ޗައިނާގެ ވަައިގެ ދިފާއު ވަރުގަދަ ކޮށްފި

ޗައިނާގެ އިރުމަތީ ސަރަހައްދުގައި ވައިގެ ދިފާއު ވަރުގަދަ ކޮށްފައިވާ ކަމަށާއި އެއީ އިންޑިއާގެ ނުރައްކަލުން ސަލާމަތްވާން ކަމަށް ޗައިނާ ސިފައިން ބުނެފި އެވެ.

ޗައިނާ ސަރުކާރުގެ ގްލޯބަލް ޓައިމްސް ނޫހުން ބުނީ ވައިގެ ދިފާއު ވަރުގަދަ ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދައްކައިދޭ ފޮޓޯތައް ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެެލްއޭ) ގެ ވެބްސައިޓުގައި ޝާއިއުކޮށްފަައިވާ ކަމަށެވެ. އެގޮތުން އާއްމުކޮށްފައި ވަނީ ޗައިނާއާ އިންޑިއާ ގުޅޭ ސަރަހައްދުަގައިވާ އުސް ބިންތަކުގެ މަތިން ޗައިނާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އުދުހޭ ތަނެވެ.

ފޮޓޯތަކުން ފެންނަ ހަރަކާތުގެ ތަފުސީލު ދެމުން ޕީއެލްއޭގެ ވެބްސައިޓުގައި އިނގިރޭސި ބަހުން ލިޔެފައިވާ ބައިގައި ބުނެފައި ވަނީ ފޮޓޯތަކުން ފެންނަނީ ޖޭ-10 މަރުކާގެ މަތިންދާބޯޓަކައި ޖޭ-11 މަރުކާގެ މަތިންދާބޯޓެއް ބޭނުންކޮށްގެން ޗައިނާގެ ވައިގެ ސިފައިން ތަމްރީނުތަކެއް ހަދާ މަންޒަރު ކަމަށެވެ. އަދި ބުނެފައި ވަނީ އެހަރަކާތްތައް ހިންގީ ފެބްރުއަރީމަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

ޗައިނާގެ އަސްކަރީ މާހިރު އަދި ޓީވީ ކޮމެންޓޭޓަރު ސޯން ޒޮންޕިން މިދިއަ އަންގާރަ ދުވަހު ގްލޯބަލް ޓައިމްސްއަށް ވިދާޅުވެފައި ވަނީ ޗައިނާގެ ވެސްޓާން ތިއޭޓާ ކޮމާންޑްގެ ޒިންމާއަކީ އިންޑިއާއާ ގުޅޭ ސަރަހައްދީ ރޮނގުގައިވާ ފަރުބަދަމަތީ ސަރަހައްދު ދިފާއު ކުުރުން ކަމަށެވެ.

"3.5 ޖެނެރޭޝަން ޖެޓްތައް ވަރުގަދަ ކުރުން ނުވަތަ އެއަށް ވުރެ ކުރިއަަރާފައިވާ ޖެޓްތައް ވެސްޓާން ތިއޭޓާ ކޮމާންޑްގައި ގާއިމް ކުރުމަކީ ޕީއެލްއޭ އިން ވަރަށް އަވަހަށް ކުރަން ޖެހިފައިވާ ކަމެއް. އިންޑިއާއަށް ލިބިގެން ވަނީ ތިން ވަނަ ޖެނެރޭޝަންގެ ފައިޓާ ޖެޓްތައް ކަމަށްވާތީ ޗައިނާއިން އެގައުމުގެ 3.5 ޖެނެރޭޝަންގެ ޖެޓްތައް ގާއިމް ކުރުމުން އިންޑިއާގެ ފަރާތުން މިހާރު ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތް ވެވޭނެ،" ޒޮންޕިން ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

ޗައިނާއާއި އިންޑިއާއާ ދެމެެދު އަރައިރުން އުފެދިފައިވާ ޑޮކްލާމް ސަރަހައްދުގައި ދެގައުމުގެ ސިފައިންގެ މެދުގައި ދޭތެރެ ދޭތެރެއިން ޒުވާބު ހިނގައެވެ. މިދިޔަ އަހަރު ހިނގި އެފަދަ ކަމެއް ހަނގުރާމައަކަށް ބަދަލުނުވީ ކިރިޔާއެވެ.

ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ގަޑުބަޑާ ގުޅިގެން ވެސް އެދެގައުމުގެ ދެމެދުގައި ވަނީ ރުޅިވެރިކަމެއް އުފެދިފައެވެ.