އެޗްއާރްސީއެމް

އެޗްއާރްސީއެމުން އެންއައިސީ ހޭލުންތެރިކޮށްފި

Feb 27, 2018
1

އިންސާނީ ހައްގު ތަކާބެހޭ މައުލޫމާތުގެ ޕްރޮގްރާމެއް އެޗްއާރްސީއެމުން އެންއައިސީގެ މުވައްޒަފުންނަށް ހިންގައިފި އެވެ. އެކަން އޮތީ މިއަދު އެވެ.

އެޗްއާރްސީއެމުން ބުނީ މި ޕްރޮގްރާމްގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނާއި އޭގެ ދަށުން ހުށަހަޅާ މައްސަލަތައް ތަހުގީގު ކުރުމުގައި އެ ކޮމިޝަނުން އަމަލުކުރަމުން އަންނަ އުސޫލުތަކަށް އެންއައިސީގެ މުވައްޒަފުން އަހުލުވެރި ކުރުވި ކަމަށެވެ.

މި ޕްރޮގްރާމް އެޗްއާރްސީއެމުން ހިންގި އިރު މި މަހުގެ 22 ވަނަ ދުވަހު އެންއައިސީން ވެސް ވަނީ އެޗްއާރްސީއެމަށް އެފަދަ ޕްރޮގްރާމެއް ހިންގައިދީ އެޗްއާރްސީއެމް ވެސް އެންއައިސީގެ ގާނޫނަށް ހޭލުންތެރި ކުރުވާފައެވެ.