ހަބަރު

ރިޔާޒް ހައްޔަރު ކުރީ އެސްއޯއީގެ ދަށުން، ޝާހިދާއި ލަތީފަށް ތުހުމަތެއް!

އިދިކޮޅުން އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ފުލުހުން ވަކީލުންނަށް އަނގައިފި އެވެ.

މާލޭގެ އެންމެ ބާރުބޮޑު މަޖީދީ މަގަށް އިދިކޮޅު ފަރާތްތަކުން އެއްވެ، ކުރި މުޒާހަރާގެ ތެރެއިން ރިޔާޒުގެ އިތުރުން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް ހައްޔަރު ކުރި އެވެ. އޭގެ އިތުރުން އެމްޑީޕީގެ ޔޫތް ވިންގްގެ ރައީސް މީކާއިލްގެ އިތުރުން އެހެން ބަޔަކު ވެސް ހައްޔަރު ކުރި އެވެ.

އެކަމާ ގުޅިގެން ވަކީލު ހިސާން ހުސެއިން ވިދާޅުވީ ރިޔާޒް ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށާއި އެހެންކަމުން އޭނާގެ މައްޗައް ކުރާ ތުހުމަތެއް އަނގާފައި ނުވާ ކަމަށެވެ. ނަމަވެސް ޝާހިދާއި ލަތީފްއަށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިއްޔެގެ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރީ ކިހާ ބަޔަކު ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މެންބަރުން ހިމެނޭ ގޮތަށް 17 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ދަށުން ރިޔާޒް ހައްޔަރުކޮށްފައިވާ އިރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އަދި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވެސް ވަނީ އެ ހާލަތުގެ ދަށުން ހައްޔަރު