މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ތެރެއިން އިތުރު ބަޔަކު ހައްޔަރުކޮށްފި

Mar 3, 2018
3

އަނެއްކާވެސް އިތުރު ފުލުހުންތަކެއް ހައްޔަރު ކޮށްފި އެވެ. މި މީހުން ހައްޔަރު ކުރި އިރު އިއްޔެއިން ފެށިގެން އެ އަޑުތައް ފެތުރިފައި އޮތެވެ.

މި ފަހަރުވެސް ހައްޔަރުކޮށްފައި ވަނީ ސްޕެޝަލިސްޓް އޮޕަރޭޝަން (އެސްއޯ) ގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިންނެވެ. އޭގެ ތެރެއިން ދެ މީހަކު ހައްޔަރު ކުރީ މާލެއިންނެވެ.

އެނގިފައިވާ ގޮތުގައި އެ ތިން މީހުން ހައްޔަރުކުރީ އިއްޔެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން މީހެކެވެ. އަދި އެ މީހުން ހައްޔަރުކޮށްފައި ވަނީ ކުރިން މީގެ ދުވަސްކޮޅެއް ކުރިން ވެސް ހައްޔަރު ކުރި މީހުނަށް ވެސް ކުރާ ތުހުމަތުގަ އެވެ.

މިކަމާ ގުޅޭ ތަފުސީލް މައުލޫމާތެއް އަދި ސާފުވެފައެއް ނުވެއެވެ. ފުލުހުން ވެސް މިކަމާ ގުޅޭ ގޮތުން އެއްޗެއް ނުބުނެ އެވެ.

މީގެ ކުރިން ވަނީ އެސްއޯގެ ކޮމާންޑަރުކަން ކުރި ހުސައިން ސައިފާއި އިތުރު ފުލުހުންތަކެއް ހައްޔަރުކޮށްފައެވެ.