ވިޔަފާރި

ލިޓަސްއިން "ސުޕްރީމް އޮފާ" ފަށައިފި

Mar 7, 2018

ލިޓަސްއިން "ސްޕްރީމް އޮފާ"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ސައިކަލްގެ އިތުރުން ގެވެހި ސާމާނު ވިއްކާ ވިއްކާ ލިޓަސްއިން ބުނީ "ދަ ސުޕްރީމް އޮފާ"ގެ ނަމުގައި ފެށި މި ޕްރޮމޯޝަންގައި 500ރ. ގެ ވިޔަފާރިއެއް ކުރުމުން 50ރ. ކުޑަވާނެ އެވެ. އަދި 5،000ރ. ގެ ވިޔަފާރިއެއް ކުރުމުން ހާއްސަ ހަދިޔާއެއް ލިބޭނެ އެވެ.

ލިޓަސްއިން ދަނީ ގެއަށް ބޭނުންވާނެ ގިނަ ސާމާނު ވިއްކަމުންނެވެ. މި ޕްރޮމޯޝަން އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.

"ލިޓަލް ހޯމް ސެންޓަރު" ނަމުގައި އިލެކްޓްރޯނިކްސް ސާމާނަށް ހާއްސަކޮށް ހުޅުވާފައިވާ ފިހާރާގައި މަޝްހޫރު ބްރޭންޑްތައް ލިބެން ހުރެ އެވެ. މި ބްރޭންޑްތަކުގެ ތެރޭގައި "ބެކޯ" ފަދަ ބްރޭންޑްތައް ހިމެނެ އެވެ. މިއީ އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު އެއް ބްރޭންޑެވެ.

ލިޓަސް ހޯމް ސެންޓަރާއެކު މުޅި ރާއްޖޭގައި ލިޓަސްގެ 12 ފިހާރައެއް ހުރެ އެވެ. ސައިކަލް ވިޔަފާރީގައި މަގުބޫލްކަން ހޯދާފައިވާ ލިޓަސްގެ ހޯމް ސެންޓަރާއެކު އެ ކުންފުނީގެ ކަސްޓަމަރުގެ ދިރިއުޅުން އިތުރަށް ފަސޭހަވެގެން ދާނެ ކަމަށް ލިޓަސްއިން އުންމީދު ކުރެ އެވެ.