ހަބަރު

މައުމޫނާއި ދެ ފަނޑިޔާރުންގެ މައްސަލަ ފޮނުވާލައިފި

Mar 11, 2018
1

ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައި އޮތް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްސަލަ ދިރާސާ ކުރުމަށް ފަހު އިތުރު ބައެއް ކަންކަން ސާފު ކުރަން ބޭނުންވާތީ އަނބުރާ ފުލުހުންނަށް ފޮނުވާލައިފި އެވެ.

މައުމޫނާއި އަބްދުﷲ ސައީދާއި އަލީ ހަމީދާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. މި މައްސަލަ އަނބުރާ ފޮނުވާލީ އިތުރަށް ކޮން ކަމެއް ސާފު ކުރުމަށް ކަމެއް އަދި ސާފެއް ނުވއެވެ. އަދި އެކަމާ ގުޅިގެން ޕީޖީ އޮފީހާއި ފުލުހުން ވެސް ވާހަކަ ދައްކާފައެއް ނުވެއެވެ.

މައުމޫނާއި ދެ ފަނޑިޔާރުންގެ މައްސަލަ ފޮނުވީ ތަހުގީގަށް ބޭނުންވާ ހެކި ނައްތާލި ކަމަށް ތުހުމަތުކޮށެވެ. ހަސަން ސައީދުގެ މައްސަލަ ފޮނުވީ ފިލައިގެން އުޅުއްވުމުގެ ތުހުމަތުގައެވެ.

މި ބޭފުޅުންގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުތައް ވެސް ކުރެއެވެ.