ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕްރޮސެކިއުޓަރުންގެ އަބުރާބެހޭނަމަ ފިޔަވަޅު އަޅާނަން: ޕީޖީ

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޯޓުތަަކަށް ވަޑައިގަންނަވާ ވަކީލުން (ޕްރޮސެކިއުޓަރުން) ގެ އަބުރަށް ހުތުުރުވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އޮފީހުގެ މުވައްޒަފުންގެ އަބުރުރަށް ހުތުރުވާ ގޮތަށް ހަގީގަތާ ހިލާފު ވާހަތައް ބައެއް ފަރާތްތަކުން ފަތުރާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ޕްރޮސެކިއުޓަރުން ކޯޓުތަކުގައި ދައްކަވާ ވާހަކަފުޅު ތަކަކީ އެބޭފުޅުންގެ އަމިއްލަފުޅު ވާހަކަތަކެއް ނޫން ކަމަށް ވެސް ބުންޏެވެ.

"... އެޕްރޮސެކިއުޓަރުންގެެ މަސައްކަތާ ގުޅުވައި، އެ ޕްރޮސެކިއުޓަރުންގެ އަބުރަށް ހުތުރުވާ ގޮތަށް އެކި ފަރާތްތަކުންް ފަތުރަމުންދާ ވާހަކަތައް މި އޮފީހުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރަމެވެ. އަދި އެފަދަ އަމަލުތައް ތަކުރާރުކުރާ ކަމުގައި ވަނީ ނަމަ އެކަމާ ގުޅިގެން އަަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ މި ފުރުސަތުގައި ދެންނެވީމެވެ،" ބަޔާނުގައި ބުނެފައި ވެއެވެ.

ތަހުގީގީ އިދާރާތަކުން ތަހުގީގުކޮށް ނިންމާފައި ފޮނުވާ މައްސަލަތަކުގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަކީ ރާއްޖޭގެ ގާނޫނު އަސާސީން ޕީޖީއާ މަތިކޮށްފައިވާ ޒިންމާއެއް ކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެެ. އަދި ބުނެފައި ވަނީ އެ ޒިންމާ އަދާކުރުމުގައި ބަލަން ޖެހޭނީ ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލައިގެން ގާނޫނާ ގަވައިދާ އެއްގޮތަށް ވެސް ބުނެފައި ވެއެވެ.

ޕީޖީ އޮފީހުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްުޔަރުކޮށްފައިވާ ބައެއް މީހުންނަށް ޓެރަރިޒަމްގެ ދައުވާ ކުރުމުން ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްްގަ އެވެ. ހައްޔަރު ކުރި އިރު ޓެރަރިޒަމްގެ ތުހުމަތު ނުކުރާ އެތައް ބަޔަކާ ދެކޮޅަށް ޕީޖީން މިހާރު އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި އުއްްތަމަ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ވެސް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައެވެ.