ވިޔަފާރި

ދިރާގުގެ އާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހިލޭ ބޯނަސް

Mar 22, 2018

ސޯޝަލް މީޑިޔާއަކީ މިހާރު ކޮންމެހެން ބޭނުންވާނެ ޒަރޫރީ ހިދުމަތެކޭ ބުނެވިދާނެ އެވެ. އެއާ ނުލައި ނޫޅެވޭ ވަރަށް ވަނީ ގާތްވެފަ އެވެ. އެހެންވެ، ދިރާގުން މިވަނީ އެ ކުންފުނީގެ ޕޯސްޓް ޕެއިޑް ހިދުމަތް ހޯދާ ކަސްޓަމަރުންނަށް އަންނަ މަހުގެ ނިޔަލަށް ޕްރޮމޯޝަނެއް ފަށާފަ އެވެ.

ދިރާގުން ކުރި އަށް ގެންދާ މި ޕްރޮމޯޝަންގައި ސޯޝަލް މީޑިޔާ ބޭނުންކުރާ ކަސްޓަމަރުންނަށް ކުރިން ލިބެމުންދިޔަ ތިން ޖީބީގެ ބަދަލުގައި މިހާރު ފަސް ޖީބީ ލިބޭނެ އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ މުއާސަލާތީ ކުންފުނީގައި ގިނަ އަދަދެއްގެ ކަސްޓަމަރުން ތިބިއިރު، ދެވަނައަށް އެންމެ ގިނައީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނެވެ. އެ ކުންފުނީގެ ހިދުމަތްތައް ފަސޭހަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ކުންފުނިން ވަނީ އަމިއްލައަށް މޮބައިލް ޕްލޭން ހަދާލެވޭ އެޕްލިކޭޝަން ތައާރަފުކޮށްފަ އެވެ.