ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑީގެ މައްސަލާގައި ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ފަށަން މިއަދަށް ތާވަލުކޮށްފި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބު ހުށަހެޅީ ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރާ ގުޅިގެންނެވެ. އެ އަމުރުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށެވެ. ނަމަވެސް ފަހުން ތިން ފަނޑިޔާރުން ވަނީ އެ އަމުރުގެ އެ ބައި ސަސްޕެންޑްކޮށްފަ އެވެ. އެ ބައި ސަސްޕެންޑްކުރީ ބަންޑާރަ ނައިބު ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
އޭގެ ފަހުން އެ މައްސަލާގެ ޝަރީއަތެއް ބޭއްވުމަށް ދެ ފަހަރެއްގެ މަތިން ތާވަލު ކުރި އެވެ. ނަމަވެސް ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.
ގޮނޑިއާމެދު ބަހުސް ބޮޑުވެފައިވާ މެންބަރުންނަކީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ. އެ